Roadha Mihaaru
"ވެރިކަންދިފާއުކުރަން އެންމެ އިންޗިއެއްވެސް ދޫނުދޭނަން"

މި ވެރިކަން ދިފާއުކުރަން އެންމެ އިންޗި އެއްވެސް ދޫނުކުރާނަން: ސައީދު

08 އެޕްރީލް 2024

ރައީސް ޑ. ރ.މުހައްމަދު މުއިއްޒުގެ ވެރިކަން ދިފާއު ކުރުމަށް ޕީޕީއެމް/ ޕީއެންސީ އާއި ސަޕޯޓަރުން، އެންމެ އިންޗިއެއް ވެސް ދޫނުދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައީސް ޑ. ރ.މުހައްމަދު މުއިއްޒުގެ ވެރިކަން ދިފާއު ކުރުމަށް ޕީޕީއެމް/ ޕީއެންސީ އާއި ސަޕޯޓަރުން، އެންމެ އިންޗިއެއް ވެސް ދޫނުދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ހޯރަފުށީ ދާއިރާ އަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ، އަލީ މޫސާގެ ކެމްޕެއިން ޖަލްސާގައި ސައީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައި ވަނީ ކަންކަން ނުނިމި މިސްރާބުން ނެއްޓިގެން ދިއުމުން ކަމަށެވެ.

ސައީދު ވިދާޅުވި ގޮތުގައި މި ސަރުކާރަށް މިވީ އެންމެ ހަތަރު މަހުގެ ތެރޭގައި މިއަދު ރާއްޖެ އައިސްފައި އޮތީ މުޅިން ތަފާތު ހިސާބަކަށެވެ. އެތައް މަޝްރޫއެއް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

އެ ސަބަބާ ހުރެ، ސައީދު ވިދާޅުވީ އެމްޑީޕީގެ އިސް ބޭފުޅުން ޕޯޑިއަމްތަކުގައި ދައްކަވާ ވާހަކަތަކުން ރާއްޖެ ގުޑުވައި ނުލެވޭނެ ކަމަށެވެ.

"ޑރ. މުއިއްޒުގެ ސަރުކާރު ދިފާއުކުރުމަށް އަޅުގަނޑުމެންގެ ޕާޓީ އާއި ރައްޔިތުން އިންޗިއެއް ވެސް ދޫނުކޮށް، އިރާދަކުރެއްވިއްޔާ ކުރިއަށް ދާނީ. އަޅުގަނޑު މި ރާއްޖެ މުއްސަނދި ރާއްޖެއަކަށް ބަދަލުކުރާނަން،" ސައީދު ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ ބޮޑަށް ބަންކަރިންގެ ހިދުމަތްކުރާ މެޕަށް އެ އޮތީ ރާއްޖޭގެ އައިސްފައި. މިއީ ރާއްޖެއަށް 40 އަހަރު ނުވަތަ ތާރީހުގައި ވެސް ވީ ކަމެއް ނޫން،"--- ސައީދު

އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވަނީ ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ހޯރަފުށީގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ މަސައްކަތް ފަށަފައިފަ އެވެ. އޭގެ ނަތީޖާއަކީ 1،000 އަށް ވުރެ ބޮޑެތި ކުންފުނިތަކުން ހޯރަފުށި މެޕުކުރުން ކަމަށާއި މިއީ ތާރީހުގައި ވެސް ނުލިބޭ ވަރުގެ ކުރިއެރުމެއް ކަމަށް ސައީދު ވިދާޅުވި އެވެ.

"ދުނިޔޭގެ އެންމެ ބޮޑަށް ބަންކަރިންގެ ހިދުމަތްކުރާ މެޕަށް އެ އޮތީ ރާއްޖޭގެ އައިސްފައި. މިއީ ރާއްޖެއަށް 40 އަހަރު ނުވަތަ ތާރީހުގައި ވެސް ވީ ކަމެއް ނޫން،" ސައީދު ވިދާޅުވި އެވެ.

ހޯރަފުށީގެ ވިޔަފާރިވެރިންނާ ހަވާލާދީ އެ ޖަލްސާގައި ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އެ މީހުންނަށް ޖެއްސުން ކުރުމާއި ފުރުސަތު ނެތުމުގެ ޝަކުވާތައް ލިބުނު ކަމަށެވެ. އެކަމަކު، މިހާރު ގާތުން ސަރުކާރުން މަސައްކަތް ކުރާ އިހުސާސް ކުރެވޭ ކަމަށް ވިޔަފާރިވެރިން ވެސް ބުނާ ކަމަށް ސައީދު ވިދާޅުވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް ކުރިމަތިވެފައިވާ ދަތިތަކަށް މި ސަރުކާރުން ހައްލު ހޯދައި ދޭނެ އެވެ. ފައިސާ ހޯދައި، ދަރަނި ކުޑަކުރުމާއި އަރަނި އިތުރުކޮށް، ތަރައްގީގެ ރޭހުގައި ކުރިއަށް ރާއްޖެ ދާނެ ގޮތެއް ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައި ވެ އެވެ.

"ކޮންމެ ކައުންސިލަކަށް ދާއިރު އެ ހުރީ ރައީސްގެ ވައުދުތައް، ބޮޑު ފޮތެއް ފެންނަން. މިއިން ދޭހަވަނީ ރައްޔިތުންނަށް ރައީސް ވެލެއްވި ވައުދުތައް ފުއްދަވާނެ ކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އެއާޕޯޓާއި އަދިވެސް އިތުރު މަޝްރޫއުތައް ހިންގާނެ ކަމުގެ ދަޅަށް ދެއްކުމަށް ވުރެ މި ސަރުކާރު އޮތީ މާ ކުރީގަ އެވެ. އަދި ސަރުކާރުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ދިނުމަށް ވެސް އޭނާ އެދިވަޑައިގަތަވެ.