މި ފަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓު ދޭންވީ ތަރައްގީ އަށް ކަމަށާއި އެ އަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް އިންތިހާބު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
17 އެޕްރީލް 2024
މި ފަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓު ދޭންވީ ތަރައްގީ އަށް ކަމަށާއި އެ އަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް އިންތިހާބު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (އިބުޓީ) ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ ފަސް އަހަރު މަޖިލީހުގެ ސުޕާ މެޖޯރިޓީ އެމްޑީޕީ އަށް ލިބުނު ނަމަވެސް މާލޭގެ ރައްޔިތުންގެ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކޮށް ނުދެވުނު ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދައުރު ނިމެން 2-3 ދުވަހަށް ވެފައި ވަނިކޮށް، އެ މަޝްރޫއުތައް ފެށި ނަމަވެސް މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޕީއެންސީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (އިބުޓީ) ގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައެއް ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.
ރައްޔިތުން އެ މަނިކުފާނަށް އިތުބާރުކޮށް، ގައުމުގެ ކަންކަން އިސްލާހު ކުރުމަށް ފުރުސަތު ދީފައިވާއިރު، އެކަން ހާސިލް ކުރުމަށް އެއްބާރުލުން ދެއްވާނެ މެމްބަރުން ރައްޔިތުންގެ މަޖިލިހަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ކަންކަމަށް ހުރަސް އަޅާނެ ބަޔަކު ތިބޭފުޅުން ދާއިރާތަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މަޖިލީހަށް ވައްދަންވީ ސަބަބެއް ނެތް. ތަރައްގީ ބޭނުންވޭ. ތަރައްގީ ގެނައުމަށްޓަކައި އަޅުގަނޑުމެން، ސަރުކާރު މި ތިބީ ރެ އާއި ދުވާލު މަސައްކަތް ކުރުމަށް. ތިއްބާ އެ އަށް ހުރަސް އަޅާނެ ބަޔަކު މަޖިލީހަށް ހޮވާނެ ސަބަބެއް އޮންނާނެ ކަމަށް އެއްވެސް ބަޔަކު ގަބޫލުކުރާނެހެން ހީއެއް ނުވޭ،" ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެހެންވެ، އެ މަނިކުފާނަށް އިތުބާރުކޮށް، ރައްޔިތުން ހަވާލުކުރި މަސައްކަތްތައް ކުރައްވަން އެއްބާރުލުން ދެއްވާނެ ސަރުކާރުގެ މެމްބަރުންތަކެއް މަޖިލީހަށް ހޮވައިފި ނަމަ މި ފަސް އަހަރު ވާނީ ރައްޔިތުން ފަހުރުވެރިވާނެ ފަސް އަހަރަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ދެން ފެންނާނީ އަމަލުން ކަން ކަން ކުރާ ތަން: ރައީސް
ޔާމީންގެ ފޮޓޯ އާއި ހުސްގޮނޑި ނުލައި ބޮޑު ކާމިޔާބީއެއް
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފި
ނަތީޖާ ނެރެން މަޖިލިސް ހޯދައިދީ: ރައީސް
އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެނަމަ ބަޣާވާތްކުރާނެ: ރައީސް
ތަރައްގީގެންނަން މިހާރު ބޭނުމީ މަޖިލިސް މެޖޯރިޓީ އެކަނި
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
އިންތިހާބަށްޓަކައި އެކަތިގަނޑަކަށް ވާން އެދިވަޑައިގެންފި
ހިތްހަމަނުޖެހުނަސް އެމްޑީޕީއަށް ތާއީދު ނުކުރަން އެދިއްޖެ