Roadha Mihaaru
އަކޭ ގޮވައިގެން އަނުޝްކާ އިންޑިއާ އަށް ހިނގައްޖެ

އަކޭ ގޮވައިގެން އަނުޝްކާ އިންޑިއާ އަށް ހިނގައްޖެ

18 އެޕްރީލް 2024

ބޮލީވުޑް އެކްޓްރެސް އަނުޝްކާ ޝަރުމާގެ ދެވަނަ ދަރިފުޅު އަކޭ ކޯލީ ވިހެއި ފަހުން ފުރަތަމަ ފަހަރަށް އިންޑިއާ އަށް އިއްޔެ ހިނގައްޖެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ބޮލީވުޑް އެކްޓްރެސް އަނުޝްކާ ޝަރުމާގެ ދެވަނަ ދަރިފުޅު އަކޭ ކޯލީ ވިހެއި ފަހުން ފުރަތަމަ ފަހަރަށް އިންޑިއާ އަށް އިއްޔެ ހިނގައްޖެ އެވެ.

އަނުކްޝާ އާއި އޭނާގެ ފިރިމީހާ އަދި އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އަށް ދެވަނަ ދަރިފުޅު ލިބުނީ މިދިޔަ ފެބްރުއަރީ މަހު 15 ގަ އެވެ. އޭނާ ވިހެއީ ލަންޑަންގަ އެވެ.

އަނުޝްކާ އެނބުރި އިންޑިއާ އަށް ދިއުމުން ޕަޕަރާޒީއަކު ވަނީ އެއާޕޯޓުގައި ހުއްޓާ އަނުޝްކާގެ ފޮޓޯއެއް ނަގައި އިންސްޓަގްރާމްގައި ޕޯސްޓުކޮށްފަ އެވެ. ނަމަވެސް އަނުޝްކާ ވަނީ ކުދިންގެ ފޮޓޯ ނުނެގުމަށް އާންމުންގެ ފަރާތުން އެދިފަ އެވެ. އަދި ކުދިން ނުލައި އޭނާގެ ފޮޓޯ ނަގަން ޕަޕަރާޒީންނަށް ފުރުސަތު ދޭނެ ކަމަށް އޭނާ ބުންޏެވެ.

އަނުޝްކާގެ ފުރަތަމަ ދަރިފުޅު ވަމިކާ ލިބުނު ފަހުން އޭނާ ޕްރައިވެސީ އަށް ވަރަށް ބޮޑަށް ބަލަ އެވެ. ސޯޝަލް މީޑިއާ އަށް ފޮޓޯއެއް ލާއިރު ވެސް ދަރިފުޅުގެ މޫނެއް ނުދައްކަ އެވެ.

އަކޭ ލިބުމުން ވިރާޓް އާއި އަނުޝްކާ ވަނީ އިންސްޓަގްރާމް ޕޯސްޓެއްގައި އެމީހުންނަށް ދެވަނަ ކުއްޖަކު ލިބުނުކަން އިއުލާންކޮށްފަ އެވެ.

އަނުޝްކާ ދެން އެންމެ އަވަހަށް ފެންނާނީ ސްޕޯޓްސް ޑްރާމާ ފިލްމު "ޗަކްދާ އެކްޕްރެސް" އިންނެވެ. އެ ފިލްމު ރިލީޒްކުރާ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.