Roadha Mihaaru
ހެރީ އާއި މޭގަން ކައްކާ ޝޯއެއް އުފައްދަނީ

ހެރީ އާއި މޭގަން ކައްކާ ޝޯއެއް އުފައްދަނީ

22 އެޕްރީލް 2024

ނެޓްފްލިކްސް އަށް ދެ ޝޯއެއް އުފައްދަމުން އަންނަ ކަން އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ދަރިކަލުން ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކުލް އިއުލާންކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ނެޓްފްލިކްސް އަށް ދެ ޝޯއެއް އުފައްދަމުން އަންނަ ކަން އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ދަރިކަލުން ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކުލް އިއުލާންކޮށްފި އެވެ.

ހެރީ އާއި މޭގަންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އާޗްވެލް ޕްރޮޑަކްޝަން އާއި ނެޓްފްލިކްސް އިން ވަނީ 2020 ވަނަ އަހަރު ވެސް މި ޝޯތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

މި އަހަރު އުފައްދަން ނިންމާފައި މި ދެ ޝޯ ހާއްސަކުރަނީ އެމެރިކާގެ ޕޯލޯ ޗެމްޕިއަންޝިޕް އަށާއި ކެއްކުމާ ގުޅޭ ކަންކަން ގެނެސްދިނުމަށެވެ.

މި ޝޯތައް ސްޓްރީމްކުރަން ފަށާނެ ތާރީހެއް ނެޓްފްލިކްސް އިން އަދި އިއުލާން ނުކުރެ އެވެ.

ހެރީގެ ދެކަނބަލުންގެ ދިރިއުޅުމުގެ ވާހަކަތައް ކިޔައިދޭ ޑޮކިއުމެންޓްރީ ސީރީޒެއް ކަމަށްވާ "ހެރީ އެންޑް މޭގަން" ވަނީ 2022 ވަނަ އަހަރު ނެޓްފްލިކްސް އިން ގެނެސްދީފަ އެވެ.