Roadha Mihaaru
ޕްރިންސް ހެރީ އާއި މޭގަންގެ ދަރިކަނބަލުންގެ ފޮޓޯއެއް

ޕްރިންސް ހެރީ އާއި މޭގަންގެ ދަރިކަނބަލުންގެ ފުރަތަމަ އުފަންދުވަހުގެ ފޮޓޯ!

08 ޖޫން 2022

އިނގިރޭސި ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ ދަރިކަނބަލުން، ލިލިބެތު ފުރަތަމަ އުފަންދުވަހާ ދިމާކޮށް އާ ފޮޓޯއެއް އާންމުކޮށްފި އެވެ.

އިނގިރޭސި ޕްރިންސް ހެރީ އާއި މޭގަން މާކްލްގެ ދަރިކަނބަލުން، ލިލިބެތު ފުރަތަމަ އުފަންދުވަހާ ދިމާކޮށް އާ ފޮޓޯއެއް އާންމުކޮށްފި އެވެ.

އެ ފޮޓޯ ނަގާފައި ވަނީ ލިލިބެތުގެ އުފަންދުވަސް ފާހަގަކުރަން މިދިޔަ ހޮނިހިރު ދުވަހު ވިންޑްސޯގައި ބޭއްވި ޕިކްނިކެއްގަ އެވެ. މަޑު ނޫކުލައިގެ ފްރޮކްއެއްގައި ލިލިބެތު އިންނެވީ ވިނަގަނޑު މަތީގައި އިށީނދެވައިގެންނެވެ. އެ ފޮޓޯ ނެގީ އެ މީހުންގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ފޮޓޯގްރާފަރެއް ކަމަށްވާ މައިސަން ހެރިމަން އެވެ.

ލިލިބެތުގެ އުފަންދުވަހަށް ކޭކު އަޅައިދިނީ، ހެރީ އާއި މޭގަންގެ ކައިވެނި ޕާޓީ އަށް ވެސް ކޭކު އަޅައިދިން އެމެރިކާގެ ބޭކާ، ކްލެއާ ޕީޓަކް އެވެ.

ލިލިބެތު ޑަޔާނާ މައުންޓްބޭޓަން ވިންޑްސޯ އުފަންވީ އެމެރިކާގެ ކެލިފޯނިއާ އަށެވެ. އޭނާ އަށް ނަން ދިނީ އިނގިރޭސި ރާނީ ކުއީން އެލިޒެބަތު ދޭކަށް ނިސްބަތްކޮށެވެ. ލިލިބެތު އަކީ ރާނީ އަށް ލޯބިން ކިޔައި އުޅޭ އާއިލީ ވަނަމެކެވެ.

އެ ދެކަނބަލުންގެ ދެ ބޭފުޅުން ތިއްބަވަ އެވެ. އެންމެ ދޮއްޓަށް ހުންނަވަނީ، ތިން އަހަރުގެ އާޗީ ހެރިންސަން މައުންޓްބޭޓަން ވިންޑްސޯ އެވެ.

ޝާހީ އާއިލާގެ ޒިންމާތަކުން އެކަހެރިވެވަޑައިގެން މިހާރު އެމެރިކާގައި ދިރިއުޅުއްވާ ޕްރިންސް ހެރީގެ އާއިލާ މިދިޔަ ހަފުތާގައި ވަނީ ރާނީގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ.