Roadha Mihaaru
އަދާރަންގައި ފުޑް ފެސްޓިވަލެއް ބާއްވަނީ

އަދާރަންގައި ކޮންސެޓަކާ އެކު ފުޑް ފެސްޓިވަލެއް ބާއްވަނީ

28 އެޕްރީލް 2024

އަދާރަން ސެލެކްޓް ހުދުރަންފުށީގައި "ކޮކާ ކޯލާ މާލެ ސަންޑައުން އެންޑް ސްޓްރީޓް ފުޑް ފެސްޓިވަލް"ގެ ނަމުގައި ބާއްވާ ފެސްޓިވަލްގެ ޓިކެޓު ވިއްކަން ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އަދާރަން ސެލެކްޓް ހުދުރަންފުށީގައި "ކޮކާ ކޯލާ މާލެ ސަންޑައުން އެންޑް ސްޓްރީޓް ފުޑް ފެސްޓިވަލް"ގެ ނަމުގައި ބާއްވާ ފެސްޓިވަލްގެ ޓިކެޓު ވިއްކަން ފަށައިފި އެވެ.

މި ފެސްޓިވަލް އަކީ އާއްމުންނަށް ހުޅުވާލައިގެން އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފެސްޓިވަލެކެވެ. ފެމިލީ ފްރެންޑްލީ ހަރަކާތެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލުގައި މަޖާ މާހައުލެއްގައި ސްރީލަންކާގެ ސްޓްރީޓް ފުޑް ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ފެސްޓިވަލުގައި ސިމްބޮލިކް ރެކޯޑްސް އާއި ސްރީލަންކާގެ މަޝްހޫރު ގިނަ އާޓިސްޓުންތަކަކާ އެކު ފޯރިގަދަ މިޔުޒިކް ޝޯއެއް ކުރިއަށް ދާނެ އެވެ.

މި ފެސްޓިވަލުގައި ކުޑަކުދިންނަށް ހާއްސަކޮށް ހިލޭ ކުޅެވޭގޮތަށް ބައުންސިން ކާސަލް އާއި ގްލޭޑިއޭޓާއި ޑުއެލް އަދި އެޑްވެންޗާ އަޕް ސެޓަޕް ހުންނާނެ އެވެ. މިތަނުގައި ލައިވް 360 ވީޑިއޯ ކެމެރާ ވެސް ހުންނާނެ އެވެ.

މި ފެސްޓިވަލްގެ ޓިކެޓު އަދާރަން މާލެ އޮފީހާއި ހުޅުމާލެ އަދި މާލޭގައި ހުންނަ ހައި އެންޑް ފަރުނީޗަރު ފިހާރައިން ލިބޭނެ އެވެ. އަދި 7980648 އާއި 7787963 ނަމްބަރު ޓިކެޓު ރިޒަވޭޝަން ހެއްދޭނެ އެވެ. މި ފެސްޓިވަލުގެ ޓިކެޓުގެ އަގަކީ 70 ޑޮލަރެވެ. 12 އަހަރުން ދަށުގެ ކުޑަކުދިންގެ ޓިކެޓުގެ އަގަކީ 25 ޑޮލަރެވެ.

މި ފެސްޓިވަލަށް ދިއުމަށް ފުރުން އޮންނާނީ ހުކުރު ދުވަހުގެ ތިނެއް ޖަހާއިރު އެވެ. ފެސްޓިވަލް ނިންމުމަށް ފަހު، އެނބުރި އައުން އޮންނާނީ އެ ރޭ 11 ޖަހާއިރު އެވެ.