މިދިޔަ އަހަރު ކޮވިޑާ ގުޅިގެން ބަންދު ކުރުމަށް ފަހު އަދާރަން ހުދުރަންފުށި މިއަހަރުގެ މާޗު މަހު ހުޅުވަން ތާވަލުކޮށްފި އެވެ.
09 ޖެނުއަރީ 2021
މިދިޔަ އަހަރު ކޮވިޑާ ގުޅިގެން ބަންދު ކުރުމަށް ފަހު އަދާރަން ހުދުރަންފުށި މިއަހަރުގެ މާޗު މަހު ހުޅުވަން ތާވަލުކޮށްފި އެވެ.
އެ ރިސޯޓުގެ ވެބްސައިޓުގައިވާ ގޮތުން މާޗު އެއްވަނަ ދުވަހުން ފެށިގެން ކޮޓަރިތައް ބުކް ކުރެވޭނެ އެވެ. ހަތަރު ތަރީގެ މި ރިސޯޓުގައި 137 ވިލާ ހުރެ އެވެ. ސްރީ ލަންކާގެ އަދާރަން ކުންފުނިން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ރިސޯޓް ހިންގަމުންދެ އެވެ. މިހާރު ވެސް ހަ ރިސޯޓެއް އެ ކުންފުނީގެ ދަށުން ހުޅުވައިފައިވެ އެވެ.
ކޮވިޑާ ގުޅިގެން މި ހުރިހާ ރިސޯޓެއް ބަންދު ކުރުމަށް ފަހު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އާދަރަންގެ ހެރިޓެންސް އާރަށް، އަދާރަން ސެލެކްޓް މީދުއްޕަރު، އަދާރަން ޕްރިސްޓީޖް ވޯޓާ ވިލާސް އާއި އަދާރަން ރަންނަޅި ވަނީ ހުޅުވައިފައި އެވެ. ޖުލައި މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލި އިރު އެ ކުންފުނީގެ އަދާރަން ޕްރިސްޓީޖް ވާދޫ ހުޅުވައިފައި ވެ އެވެ. އެހެން ކަމުން މާޗު މަހު ހުޅުވާ ހުދުރަންފުއްޓާ އެކު އެ ކުންފުނީގެ ހުރިހާ ރިސޯޓެއް އަލުން ހުޅުވުނީ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ހުރިހާ ރިސޯޓުތަކާއި ގެސްޓު ހައުސްތައް ބަންދު ކުރުމަށް ފަހު މިހާތަނަށް 141 ރިސޯޓާއި 282 ގެސްޓު ހައުސް އަކުން އަންނަނީ ހިދުމަތް ދެމުންނެވެ. މިއީ ގާތްގަނޑަކަށް 37،000 އެނދެވެ.
މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައިސް މުޅި އިގްތިސާދު އަޑިއަޅައިލި ނަމަވެސް ސަރުކާރުގެ އަމާޒަކީ ޓޫރިޒަމް ދާއިރާ ހަމައަށް އެޅި މިއަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިއަހަރުގެ ފުރަތަމަ ހަފުތާގައި 23،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު މިއީ އާންމުގޮތެއްގައި ވެސް ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ދުވަސްވަރެވެ. މިދިޔަ އަހަރާ އެއްވަރަށް މި އަހަރު ވެސް މި ދުވަސްވަރު އެބަ ޓޫރިސްޓުން އާދެ އެވެ. މިދިޔަ ހަފްތާގައި އެވްރެޖްކޮށް ދުވާލަކު 2،000 އަށް ވުރެ ގިނަ ޓޫރިސްޓުން އާދެ އެވެ.
ކައުންސިލްތަކުގެ ރަށްތައް ޓޫރިޒަމަށް ދޭ ގޮތަށް ބަދަލެއް
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
ރާއްޖޭގެ ވެލްނަސް ޓޫރިޒަމަށް އެއް ބިލިއަން ޑޮލަރު
އާ އަހަރަށް ޓޫރިޒަމްގެ ހިސާބުތައް ދައްކަނީ ކިހިނެއް؟
އަހަރު ނިމުމުގެ ކުރިން 2 މިލިއަން ޓޫރިސްޓުން ހަމަވާނެ
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު