Roadha Mihaaru

އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކުރައްވައިފި

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެޑިއުކޭޝަނަށް އާ ސްޓޭޓް މިނިސްޓަރެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

10 އޮކްޓޯބަރ 2017

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަންކުރެއްވީ، މިހާރު ވެސް އެ މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ޑިޕާޓްމަންޓުގެ ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު ޝާކިރު، ހއ. ދިއްދޫ ކިނބިގަސްދޮށުގެ، އެވެ.

ޝާކިރަކީ ސްކޫލުތައް ހިންގުމާއި ތައުލީމީ ދާއިރާގައި ވަރަށް ގިނަ ދުވަސް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ހެޑްމާސްޓަރުކަމާއި ޕްރިންސިޕަލްކަން ވެސް ކުރެއްވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިހާރު ވެސް ތިން ސްޓޭޓް މިނިސްޓަރުން މަސައްކަތް ކުރައްވަ އެެވެ.