Roadha Mihaaru
އެޑްވައިޒަރު ނަސީރު ފޮރިން އަށް ބަދަލުކޮށްފި

އެޑްވައިޒަރު ނަސީރު ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފި

30 އެޕްރީލް 2024

މިނިސްޓަރުގެ ފެންވަރުގައި ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކަށް ހުންނެވި އަހުމަދު ނަސީރު ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިނިސްޓަރުގެ ފެންވަރުގައި ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކަށް ހުންނެވި އަހުމަދު ނަސީރު ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި، ކުރީގެ ގަވަރުނަރު ނަސީރު މިދިޔަ ހަފުތާގެ ތެރޭގައި ހަމަޖައްސާފައި ވަނީ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށެވެ.

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް ނަސީރު އައްޔަންކުރެއްވީ މިދިޔަ ޑިސެމްބަރު 12 ގަ އެވެ.

ނަސީރުގެ އިތުރުން ފިނޭންސް މިނިސްޓްރީގައި މިނިސްޓަރުގެ ފެންވަރުގައި އެހެން ބޭފުޅަކު ވެސް ހުންނަވަ އެވެ. އެއީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ.