Roadha Mihaaru
ރަށްރަށުން މާލެއަށް 4000 އަށްވުރެ ގިނަ ކުދިން

ހަތަރު އަހަރުގެ ތެރޭގައި ރަށްރަށުން މާލެ އަށް 4000 ދަރިވަރުން

09 މެއި 2024

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މާލޭ ސްކޫލުތަކަށް ވަނުމަށް 4،000 އަށްވުރެ ގިނަ ދަރިވަރުން އެދިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ހަތަރު އަހަރުގެ ތެރޭގައި މާލޭ ސްކޫލުތަކަށް ވަނުމަށް 4،000 އަށްވުރެ ގިނަ ދަރިވަރުން އެދިފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

އެ މިނިސްޓްރީން ވަނީ 2020 އިން ފެށިގެން މި އަހަރުގެ ނިޔަލަށް މާލެ ބަދަލުވާން އެދުނު ދަރިވަރުންގެ އަދަދުތައް އިއްޔެ ހާމަކޮށްފަ އެވެ. އެ ތަފާސްހިސާބަލަށް ބަލާއިރު 2020 އިން ފެށިގެން މި އަހަރުގެ މިހާތަނަށް 4،443 ދަރިވަރުން ރަށްރަށުން މާލެ ސްކޫލުތަކަށް ބަދަލުވެފައިވެ އެވެ.

މާލެ ބަދަލުވެފައިވާ ދަރިވަރުންގެ ތަފާސްހިސާބު:

- 2020-2021: 480 ދަރިވަރުން

- 2021-2022: 716 ދަރިވަރުން

- 2022-2023: 780 ދަރިވަރުން

- 2023-2024: 1500 ދަރިވަރުން

މި މަހު 26ގައި ފަށާ ދިރާސީ އާ އަހަރު ރަށްރަށުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން މިހާތަނަށް 967 އަށް ދަރިވަރުން ހުށަހަޅާފައިވާ ކަމަށް އެޑިއުކޭޝަން ބުންޏެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި މި އަހަރުގެ ގްރޭޑް 1 އަށް ވަނުމަށް ޖުމްލަ 2،163 ފޯމް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 1،192 ފޯމު މާލެ ސަރަހައްދުން ހުށަހެޅި އިރު، 171 ފޯމް ހުށަހެޅީ އެކި ރަށްރަށުންނެވެ.

ރަށްރަށުން މާލެ ސްކޫލުތަކަށް ވެއްދުމަށް މި އަހަރު އެދިފައިވާ ގްރޭޑްތައް:

އެލްކޭޖީ: 68 ދަރިވަރުން

ޔޫކޭޖީ: 30 ދަރިވަރުން

ގްރޭޑް 1: 171 ދަރިވަރުން

ގްރޭޑް 2: 81 ދަރިވަރުން

ގްރޭޑް 3: 92 ދަރިވަރުން

ގްރެޑް 4: 69 ދަރިވަރުން

ގްރޭޑް 5: 96 ދަރިވަރުން

ގްރޭޑް 6: 87 ދަރިވަރުން

ގްރޭޑް 7: 87 ދަރިވަރުން

ގްރޭޑް 8: 103 ދަރިވަރުން

ގްރޭޑް 9: 55 ދަރިވަރުން

ގްރޭޑް 10: 28 ދަރިވަރުން

މާލޭގެ އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވާން އެދި 1،158 ފޯމް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 967 ފޯމް ހުށަހަޅާފައި ވަނީ އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާށެވެ.