Roadha Mihaaru
"ފިކޯގެ ފުރާނައަށް މިވަގުތު ނުރައްކަލެއް ނެތް"

ބަޑިޖަހައި ޒަހަމްކޮށްލި ސްލޮވާކިއާގެ ބޮޑުވަޒީރުގެ ފުރާނަ އަށް "މި ވަގުތު ނުރައްކަލެއް ނެތް"

16 މެއި 2024

ބަޑިޖަހައި އިއްޔެ ޒަހަމްކޮށްލި ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފިކޯ މި ވަގުތު އޮންނެވީ ފުރާނަ އަށް ނުރައްކާވާ ހާލަތެއްގައި ނޫން ކަމަށް އޭނާގެ ނައިބު ވިދާޅުވެއްޖެ އެވެ.

ބަޑިޖަހައި އިއްޔެ ޒަހަމްކޮށްލި ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފިކޯ މި ވަގުތު އޮންނެވީ ފުރާނަ އަށް ނުރައްކާވާ ހާލަތެއްގައި ނޫން ކަމަށް އޭނާގެ ނައިބު ވިދާޅުވެއްޖެ އެވެ.

ފިކޯގެ ގަޔަށް ބަޑިޖެހީ އެ ގައުމުގެ ހެންޑްލޯވާގައި އޮތް ބައްދަލުވުމަކަށް ފަހު ނުކުމެވަޑައިގެންނެވި ތަނުން ކަމަށް ސަރުކާރުން ބުންޏެވެ.

ހެލިކޮޕްޓަރެއްގައި ވަގުތުން ހޮސްޕިޓަލުން ގެންގޮސް، ޑޮކްޓަރުން ކުރި އޮޕަރޭޝަންތައް ކާމިޔާބު ކަމަށް އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު ޓޮމާސް ތަރާބާ ބީބީސީ ނޫހަށް ވިދާޅުވި އެވެ.

"އޭނާ މިހާރު ސަލާމަތް ވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ. މިހާރު އޭނާ އޮންނެވީ ފުރާނަ އަށް ނުރައްކާވާ ފަދަ ހާލަތުގައެއް ނޫން،" ތަރާބާ ވިދާޅުވި އެވެ.

ހަމަލާދީފައި ވަނީ ފިކޯ އަވަހާރަކޮށްލުމުގެ ނިޔަތުގައި ކަމަށާއި ހަމަލާދިނީ މިހާރު ހައްޔަރު ކޮށްފައިވާ މީހާ ކަމަށް ސްލޮވާކިއާގެ ރައީސް ޒުޒާނާ ކަޕުޓޯވާ ވަނީ ހާމަކުރައްވައިފަ އެވެ.

ސްލޮވާކިއާގެ ބޮޑުވަޒީރު ފިކޯގެ ފުރާނައަށް މިވަގުތު ނުރައްކަލެއް ނެތް ކަމަށް އޭނާގެ ނައިބު ވަނީ ވިދާޅުވެފައި. --ފޮޓޯ: އޭއެފްޕީ

ސްލޮވާކިއާގެ ބޮޑުވަޒީރު ފިކޯގެ ފުރާނައަށް މިވަގުތު ނުރައްކަލެއް ނެތް ކަމަށް އޭނާގެ ނައިބު ވަނީ ވިދާޅުވެފައި. --ފޮޓޯ: އޭއެފްޕީ

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 71 އަހަރުގެ ލިޔުންތެރިއެކެވެ. އެކަމަކު ރަސްމީކޮށް ހައްޔަރުކުރި މީހާގެ މައުލޫމާތު ހާމަނުކުރާތީ، އެ ހަމަލާދިން ސީދާ ސަބަބެއް ވެސް އަދި ސާފެއް ނުވެ އެވެ.

ފިކޯއަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބޮޑުވަޒީރުގެ މަގާމު އަދާކުރައްވާފައިވާ ސްލޮވާކިއާގެ ތަޖުރިބާކާރު ސިޔާސީ ލީޑަރަކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމުގެ ކުރިން، ފިކޯ ވަނީ 2006-2010 އަށް އަދި 2012-2018 އަށް އެ މަގާމު އަދާކުރައްވައިފަ އެވެ.

މި ފަހަރު ވެރިކަމަށް ވަޑައިގެން، ފިކޯ ވަނީ ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގައި ރަޝިއާ އަށް ތާއީދުކޮށް ވާހަކަ ދައްކަވައިފަ އެވެ. ފިކޯ ވަނީ ޔޫކްރެއިނަށް ހަތިޔާރު ވިއްކުން ހުއްޓާލައްވައި، ޔޫކްރެއިންގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ.