16 މެއި 2016
އައްޑޫ ހުޅުދު އާއި މީދޫގައި ނަރުދަމާ ނިޒާމް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އައްޑޫ ހުޅުދު އާއި މީދޫގައި ނަރުދަމާ ނިޒާމް ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އައްޑޫގައި މީހުން ދިރިއުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުދު އާއި މީދޫގައި ނަރުދަމާ ނިޒާމްކޮށް ގާއިމުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެ ވަނަ ދުވަހާ ހަމަ އަށް ހުޅުވާލައިފައިވާ ކަމަށެވެ.
މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 1،500ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ. ފީ ބަލައިގަތުން ޖޫން މަހުގެ ދެ ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ. މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 462،600ރ. ހުށަހަޅަން ޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ. އަދި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ ހަތެއްގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޯފިޑް)ގެ ލޯނު އެހީގައި ހުޅުދު އާއި މީދޫގެ ނަރުދަމާ ނިޒާމް ގާއިމު ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފައިވާ އިރު، ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގެ ނަރުދަމާ ނިޒާމް ގާއިމުކޮށް ދޭނެ ބަޔަކު ހޯދަން ވެސް ވަނީ ބީލަމަށް ލައިފަ އެވެ.
ހުޅުދޫ އާއި މީދޫގެ ނަރުދަމާ މަޝްރޫއު އަލުން ބީލަމަށް
ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން
17 ރަށެއްގައި ފެނާއިނަރުދަމާ، 8 ރަށެއްގެ މަގުހަދަނީ
އައްޑޫގެ މަގު ހެދުމުގެ މަޝްރޫއު އަލުން ބީލަމަށް
އައްޑޫގެ ތިން ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމުކޮށް ދޭނެ ބަޔަކު ހޯދަނީ
އޮޕަރޭޝަން ހުއްޓުވާ ދޯނިތަކުން މަހެއް ނުގަންނާނެ:މިފްކޯ
އައްޑޫ މަސްވެރިން ކޮންޓްރޯލް ނަގައި، ދަތިކުރަނީ!
އަންނަ ހަފްތާ އައްޑޫ ގޯތިތައް ދޭން ފަށަނީ
އައްޑޫ ބްރިޖު އެޅޭނީ ރައީސް މުއިއްޒަށް: ނިޒާރު
"އައްޑޫ ބްރިޖުގެ މަސައްކަތް މި ދައުރުގައި ނިންމާނަން"