11 ފެބުރުއަރީ 2019
ފިނޭންސް މިނިސްޓްރީން 17 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ހެދުމަށާއި އަށް ރަށެއްގެ މަގު ހަދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން 17 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ހެދުމަށާއި އަށް ރަށެއްގެ މަގު ހަދާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފެނާއި ނަރުދަމާ ގާއިމުކުރަން ނިންމާފައިވަނީ ހއ. އުލިގަމާއި، ހދ. އަތޮޅުން ނޮޅިވަރަމާއި ކުރިނބި އާއި ށ. އަތޮޅުން މަރޮއްޓާއި ކޮމަންޑޫ އާއި ކަނޑިތީމާއި ފޯކައިދޫ އެވެ. އަދި ނ.ކެނދިކުޅުދޫ އާއި ރ.އަލިފުއްޓާއި އެ އަތޮޅު އަނގޮޅިތީމާއިވާދޫ އާއި ރަސްގެތީމުގެ އިތުރުން ތ.ވަންދޫ އާއި އެ އަތޮޅު ކަނޑޫދޫ ވެސް ހިމެނެ އެވެ. ދެން ހިމެނެނީ ބ.ހިތާދޫ އާއި ތ.ކިނބިދޫ އާއި ގއ.ކަނޑުހުޅުދޫ އެވެ.
މީގެ އިތުރުން ހދ.ހަނިމާދޫ އާއި ރ.އުނގޫފާރާއި ރ.ދުވާފަރާއި ބ.އޭދަފުއްޓާއި ތ.މަޑިފުއްޓާއި ލ.ފޮނަދޫގެ އިތުރުން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ ހުޅުމީދޫ މަގު ހެދުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.
މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހިމަނާފައިވެ އެވެ. އޭގެ ތެރެއިން އަލަށް ފަށާ މަޝްރޫއުތަކުގެ ގޮތުގައި 315 މަޝްރޫއު އާއި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.
ފެނާއި ނަރުދަމާގެ 120 މަޝްރޫއަކަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓުގައި ކަނޑައަޅާފައިވެ އެވެ. އަދި ބިން ހިއްކުމާއި މަގުތައް ހެދުމަށް 51 މަޝްރޫއަށް 5.59 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.
ދެކުނުގައި 400 ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަނީ
ހަކަތަ މަޝްރޫއުގެ ބީލަމުގެ މުއްދަތު އިތުރުކޮށްފި
ހުޅުދޫ އާއި މީދޫގެ ނަރުދަމާ މަޝްރޫއު އަލުން ބީލަމަށް
ހުޅުދު އާއި މީދޫގެ ނަރުދަމާ ނިޒާމު ބީލަމަށް ލައިފި
އައްޑޫގެ ތިން ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމުކޮށް ދޭނެ ބަޔަކު ހޯދަނީ
އައްޑޫގައި ފަހުން ހެދި މަގުތައް އަލުން ކޮންނަނީ
އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކް މަރާމާތުކުރަނީ
ރައީސް މުއިއްޒު ދެކުނުގެ ހަތަރު އަތޮޅަށް
އައްޑޫގެ އެހީއާއެކު ފުވައްމުލަކު 2އަވަށަށް ކަރަންޓްދީފި
ސިޓީތަކުން އަވަހަށް ޕާސްޕޯޓް ދޫކުރަނީ