Roadha Mihaaru
241 ކޮމިޓީއަށް ސަލީމް، މާލިއްޔަތު ކޮމިޓީއަށް ގާސިމް

241 ކޮމިޓީގެ މުގައްރިރަކަށް ސަލީމް، މާލިއްޔަތު ކޮމިޓީއަށް ގާސިމް

03 ޖޫން 2024

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އަދި މާލިއްޔަތު ކޮމިޓީއަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އައްޔަން ކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އަދި މާލިއްޔަތު ކޮމިޓީއަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އައްޔަން ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކޮމިޓީތަކަށް އައްޔަން ކުރަން ޕާޓީތަކުން ފޮނުވި ނަންތައް ފާސްކޮށްފަ އެވެ.

މުގައްރިރު ކަނޑައަޅަން ބޭއްވި ބައްދަލުވުމުގައި 241 ކޮމިޓީގެ މުގައްރިރު ކަމަށް ސަލީމް އައްޔަނުކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގެ ނައިބު މުގައްރިރަކަށް އައްޔަން ކުރަން ފާސްކޮށްފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު އެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް މީގެ ކުރިން ވެސް އެ މަގާމު ފުރުއްވާފައިވާ ގާސިމްގެ ނަން ހުށަހެޅުއްވީ ސަލީމެވެ. ގާސިމްގެ ނަން ފާސްކޮށްފައިވަނީ ވެސް ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މާލިއްޔަތު ކޮމިޓީގެ ނައިބަކަށް އައްޔަނުކޮށްފައިވަނީ ސަލީމެވެ.

މާލިއްޔަތު ކޮމިޓީ

ގާސިމް އިބްރާހިމް (މުގައްރިރު)

އަހްމަދު ސަލީމް (ނައިބު މުގައްރިރު)

އަހްމަދު ނާޒިމް (މަޖިލިސް ނައިބު ރައީސް)

މުހައްމަދު މަމްދޫހް (ފުނަދޫ ދާއިރާ)

އަހްމަދު އަޒާން (ހިތަދޫ މެދު ދާއިރާ)

އަބްދުﷲ ޝަރީފް (ކެލާ ދާއިރާ)

ހަމަދު އަބްދުﷲ (ފުވައްމުލަކު އުތުރު ދާއިރާ)

އިބްރާހިމް ސުޖާއު (ބާރަށު ދާއިރާ)

އަސަދުﷲ ޝިހާބް (ގެމަނަފުށީ ދާއިރާ)

އަހުމަދު ޝަމްހީދު (ހުޅުމާލެ ދެކުނު ދާއިރާ)

އަބްދުލްޣަފޫރު މޫސާ (ހަނިމާދޫ ދާއިރާ)

241 ކޮމިޓީ

އަހްމަދު ސަލީމް (މުގައްރިރު)

އިބްރާހިމް ފަލާހް (ނައިބު މުގައްރިރު)

އަހްމަދު ނާޒިމް (މަޖިލިސް ނައިބު ރައީސް)

މުހައްމަދު ޝާހިދު (ހުޅުދޫ ދާއިރާ)

ޝާމިން ހަބީބް (ކުރެންދޫ ދާއިރާ)

އަހްމަދު ތޯރިގް (މަހިބަދޫ ދާއިރާ)

އަބްދުލްޣަފޫރު މޫސާ (ހަނިމާދޫ ދާއިރާ)

މުހައްމަދު ނާޒިމް (މާފަންނު އުތުރު ދާއިރާ)

އަހްމަދު އަޒާން (ހިތަދޫ މެދު ދާއިރާ)

އަބްދުލްހަންނާނު އަބޫބަކުރު (ތުޅާދޫ ދާއިރާ)