ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެންނަން ދައްކަން ޖެހޭ ފީތައް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް މެދު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ދެކޮޅު ހައްދަވައި، އެކަމާ މިއަދު ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައިފި އެވެ.
12 އޯގަސްޓް 2024
ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ގެންނަން ދައްކަން ޖެހޭ ފީތައް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަށް މެދު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ދެކޮޅު ހައްދަވައި، އެކަމާ މިއަދު ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރައްވައިފި އެވެ.
ބިދޭސީ މަސައްކަތްތެރިންނަށް ވޯކް ޕާމިޓް ފީގެ ގޮތުގައި މިހާރު ގާނޫނުގައި އޮންނަ ގޮތުން ދައްކަން ޖެހެނީ 350ރ. އެވެ. އަދި ކޯޓާ ފީގެ ގޮތުގައި ދައްކަން ޖެހެނީ އަހަރަކު 2000ރ. އެވެ.
އެހެން ނަމަވެސް ވަޒީފާ އާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅީ ގާނޫނުގެ ދަށުން ހަދާ ގަވައިދަކުން ކޮންމެ 18 މަސް ދުވަހުން އެއް ފަހަރު އެ އަދަދު ބަދަލު ކުރުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށެވެ. އަދި މުރާޖާ ކުރުމަށް ފަހު ކަނޑައަޅާ އަދަދު 30 ޕަސެންޓަށް ވުރެ އިތުރު ވެގެން ނުވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
އެ ބިލު ދިރާސާ ކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ 2،000ރ. އަށް ވުރެ ފީ ބޮޑުކުރަން ސަރުކާރަށް ފުރުސަތު ދޭން އެއް ގޮތަކަށް ވެސް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
ގާނޫނުގެ ތެރެއިން ފީތައް ބޮޑުކުރަން ފުރުސަތު އޮވެއްޖެ ނަމަ، ސަރުކާރުން އެކަން ވަގުތުން ކުރާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"މީގެ 30 ޕަސެންޓަކީ 750 އެއްހާ ރުފިޔާ އިތުރު ކޮށްލަންވީ ކޯޓާ ފީއަށް ޓަސްލާފައި. އިތުރު ކޮށްލީމަ 2700ރ. އަށް އަނެއްކާ އަރާނެ. އަޅުގަނޑަށް ފެންނަނީ ރ. އާއި ބ. އުނިކޮށްލަން." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ބިދޭސީ މަސައްކަތްތެރިންގެ ފީތައް ބޮޑު ކުރުމުން ކޮންސްޓްރަކްޝަން ވިޔަފާރިތައް ދެކޮޅު ނުޖެހި އިންފްލޭޝަން ވަރަށް ބޮޑަށް މައްޗަށް ދާނެ އެވެ. އެގޮތަށް ހަރަދުވާނަމަ އިގްތިސާދީ ހާލަތު ދާނީ ހައްތަހާ ވެސް ގޯސްކޮށް ކަމަށް ގާސިމް ވިދާޅުވި އެވެ.
"އިތުރު ކޮށްގެން ނުވާނެ. 2000ރ. ރަނގަޅު. އިތުރު ކުރާނެ އެއްވެސް ފުރުސަތެއް މި މީހުންނަށް ދީގެން ނުވާނެ." ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ވާހަކައަށް ރައްދު ދެއްވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކާފައި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މި އަގު 30 ޕަސެންޓަށް ބޮޑު ކުރެވޭ ގޮތަށް ހުށަހަޅާނީ ދިރާސާތަކެއް ކޮށްފަ އެވެ. އަދި އެ ފީތައް ބޮޑު ކުރުމުގެ ފުރުސަތު ލިބެނީ ތިން އަހަރުގެ ތެރޭގައި ކަމަށާއި 30 ޕަސެންޓު އިތުރު ވިޔަސް އިތުރު ވަނީ 700 ރުފިޔާއެއް ކަމަށް އަޒާން ވިދާޅުވި އެވެ.
އެއަށް ބަދަލުތަކެއް މަޖިލީހުން ގެނެސްފި ނަމަ ސަރުކާރާށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށާއި ވިސާ އާއި ކޯޓާ އިން ފީ ނަގާ މިންވަރު އިތުރު ކުރުމުގެ ބާރު ވެސް ސަރުކާރަށް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ހަ އަހަރު ފަހުން މި 2000 ރުފިޔާގެ ވެލިއު ތަފާތު ވެދާނެ. އެހެންވެ [ފީ ބޮޑު ކުރުމުގެ] ފުރުސަތު އޮންނަން ވާނެ [ސަރުކާރަށް]،" އަޒާން ވިދާޅުވި އެވެ.
އަޒާންގެ މި ވާހަކަތަކާ ގުޅިގެން ގާސިމް އިތުރަށް ނުރުހުން ފާޅު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ޕީއެންސީގެ ޓިކެޓުގައި ހުރުމުން ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކި ދާނެ ކަމަށާއި ނަމަވެސް ކޮށްފައި އޮތް ހުވާ އަށް ވެސް ވިސްނާލަން ޖެހޭ ކަމަށެވެ.
އަދި މިފަދަ ބަދަލެއް ގެނެސްފި ނަމަ ރައްޔިތުން ނުކުމެ ސަރުކާރު ވައްޓާލަފާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ހެޔޮ ނުވާނެ. މިވަރުގެ ކަމެއް ކޮށްފިއްޔަ މި ސަރުކާރު ނަގާ އެއްލާވެސް ލާފާނެ ރައްޔިތުން ނުކުމެ. އެހެންވީމަ މި ކަމު ނުދަނީ އެކަން ކުރަން. އަހަރުން މިތިބީ މި ސަރުކާރު ހިފަހައްޓަން އިހުލާސްތެރި ލަފާ ދޭން." ގާސިމް ވިދާޅުވި އެވެ.
ސަރުކާރުން ބޭނުންވަނީ އެގޮތް ކަމަށް ބައެއް މެންބަރުން ތަކުރާރުކޮށް ވިދާޅުވާން ފެށުމުން ގާސިމް ވަނީ ސަރުކާރަށް ގޮންޖައްސަވައި އެ ބަދަލު ގެންނަން ތަކުރާރުކޮށް، ދެކޮޅު ހައްދަވައިފަ އެވެ.
"ސަރުކާރޭ ބުނީމަ ތުރު ތުރު އަޅާނެތަ. ސަރުކާޜުގައި ތިބީ ކޮން ބައެއްތަ؟ ކޯއްޗެއް އެނގޭ ބައެއްތަ ތިބީ؟. ސަރުކާޜުގައި ތިބީ ކޯއްޗެއް ދަންނަ ބައެއްތަ ސަރުކާރެއް ހަލާކު ކޮށްލަން ވެރިއެއްގެ ކައިރީ ތިބެގެން ވާހަކަ ދައްކާ މީހުން ގިނަ ވާނީ. މިއީ ކަނޑައެޅިގެން ގޯސް އެއްޗެއް." އޭނާ ވިދާޅުވި އެވެ.
ގާސިމް ވާހަކަ ނިންމަވާލެއްވީ ވެސް މިކަމަށް އެއްގޮތަކަށް އެއްބަސް ނުވާނެ ކަމަށް ވިދާޅުވުމަށް ފަހު އެވެ. އަދި އެ މަސައްކަތް ކުރިޔަށް ދަނިކޮށް އިތުރަށް ކޮމެޓީގައި އިންނަވަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެ، އެ ބައްދަލުވުން ދޫކުރައްވައި ގާސިމް ނިކުމެވަޑައިގަތެވެ.
ގާސިމްގެ ރުޅިގަނޑު މިއަދު ވެސް ކޮންޓްރޯލެއް ނުވި!
މުރައިދޫގޭ މުވައްޒަފުންގެ އަދަދު ސިއްރުކުރަން ފާސްކޮށްފި
50،000ރ. ނަގަން ފާސްކުރީ ސަލީމްގެ ވޯޓާއެކު!
241 ކޮމިޓީއަށް ސަލީމް، މާލިއްޔަތު ކޮމިޓީއަށް ގާސިމް
އިންޑަސްޓްރިއަލް ރިލޭޝަންސް ބިލުގެ މަސައްކަތް ހިނގައިގެންފި
ހިއުމަން ޓްރެފިކިންގެ "ދާދާ"އިން ހޯދުން އަވަސްކުރޭ!
ބޭރުކުރަން އުޅުނީ ހަނީފްއާ ގުޅުން ހުރި ފައިސާތޯ ބަލަނީ
ދެ ބިދޭސީން ޑީޕޯޓުކުރި މައްސަލަ މަޖިލިހުން ބަލަނީ
ބިދޭސީންގެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި ޕެޓިޝަނެއް
ބިދޭސީން ބޮޑެތި އަދަދުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ