Roadha Mihaaru
އައްޑޫގައި އަލުން ގާމަންޓް ފެކްޓަރީއެއް ހަދަނީ

އައްޑޫގައި އަލުން ގާމަންޓް ފެކްޓަރީއެއް ހަދަނީ

19 ޑިސެމްބަރ 2020

މީގެ އަހަރުތަކެއް ކުރިން ގާމަންޓް ފެކްޓަރީތަކެއް ހިންގި އައްޑޫގައި އަލުން އެފަދަ ފެކްޓަރީއެއް ހަދަން ނިންމައި، އެކަމާ ގުޅޭ ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ އަހަރުތަކެއް ކުރިން ގާމަންޓް ފެކްޓަރީތަކެއް ހިންގި އައްޑޫގައި އަލުން އެފަދަ ފެކްޓަރީއެއް ހަދަން ނިންމައި، އެކަމާ ގުޅޭ ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ ކޮންސަލްޓަންސީ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ހޯމަ ދުވަހާ ހަމައަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ލިންކުން https://tinyurl.com/y7t7ggzr ރަޖިސްޓްރީކުރެވޭނެ އެވެ.

އަދި މަޝްރޫއާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން ހޯމަ ދުވަހު ޒޫމް މެދުވެރިކޮށް ބޭއްވުމަށް ފަހު، ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

ބީސީސީން ބުނިގޮތުގައި ގާމެންޓް ފެކްޓަރީ މަޝްރޫއަށް ކޮންސަލްޓަންޓަކު ހޮވުމުގައި އެންމެ ބޮޑަށް ބަލާނީ މަސައްކަތަށް ހުށަހަޅާ އަގާއި ދާއިރާ އިން ލިބިފައިވާ ތައުމީލާއި ތަޖުރިބާއަށެވެ.

އައްޑޫ ގަމުގައި މީގެ އަހަރުތަކެއް ކުރިން ސްރީ ލަންކާގެ ކުންފުނިތަކުން ގާމަންޓް ފެކްޓަރީތަކެއް ހިންގި އެވެ. އެ ދުވަސްވަރު އެ މަސައްކަތުގެ ސަބަބުން އައްޑޫގެ އިގުތިސާދަށް ހެޔޮ ބަދަލުތަކެއް ވެސް އަ އެވެ. ގަމުގައި ހިންގި ގާމަންޓް ފެކްޓަރީތަކުން އައްޑޫގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބުނެވެ. ހާއްސަކޮށް އެ ތަންތަނުގައި ގިނަ އަދަދެއްގެ އަންހެނުން ވަޒީފާ އަދާކޮށްފައިވެ އެވެ.