13 ޖޫން 2024
ކ. ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެ އިން ބިމެއް ހޯދުމުގެ މަޝްވަރާތައް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ކ. ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެ އިން ބިމެއް ހޯދުމުގެ މަޝްވަރާތައް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ކަނޑުއޮތްގިރިއަކީ މިފްކޯ އިން ބާޒާރަށް ނެރޭ އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުން ކުރާ ރަށެކެވެ.
އެ ރަށުގައި ފެންވަރު ރަނގަޅު މަސް ފެސިލިޓީއެއް ގާއިމު ކޮށްފައިވީ ނަމަވެސް ބަނދަރު ތިލަވެ، އެއްގަމު ތޮށި ހަލާކުވެފައި ވާތީ ދޯނިފަހަރު ގާތްކުރަން އުނދަގުލެވެ. އެހެންވެ، އެ ފެސިލިޓީގެ ބޭނުން އެންމެ ރަނގަޅަކަށް ނުހިފެ އެވެ.
ބޮޑު ކަންނެލި މަސްވެރިން އިއްޔެ ކުރި މުޒާހަރާގެ ތެރޭގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރީގެ ހާލަތު އޮތީ ކަންނެލި ކިރަން އަދި ކަންނެލި ބާލަން ވެސް ވަދެވޭ ގޮތަކަށް ނޫން ކަމަށެވެ.
އެހެންވެ، ކަންނެލި ނެގުމުގެ މަސައްކަތް ހުޅުމާލެ އަށް ބަދަލު ކުރަން ސަރުކާރުން ބޭނުންވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަނީ އެޗްޑީސީއާ މުއާމަލާތް ކުރަމުން ކަނޑުއޮތްގިރި ސުވޮޕް ކުރެވޭތޯ. ކަންޑުއޮތްގިރި އާ ހުޅުމާލެއިން ބިމަކާ،" ޝިޔާމް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން މިފްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކަނޑުއޮތްގިރި ފެސިލިޓީ ހުޅުމާލެ އަށް ބަދަލު ކުރުމަށް އިއްޔެ ވެސް މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތަކެއް ކުރި އެވެ.
އެ ފެސިލިޓީ ބަދަލު ކުރަނީ ކަނޑުއޮތްގިރި އަށް އަރައި ފޭބުމާއި ޖާގައިގެ ދަތިކަމާއި އެހެނިހެން އޮޕަރޭޝަންތައް ހިންގުމުގައި ވެސް ގިނަ ގޮންޖެހުންތަކެއް ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތް ހުޅުމާލެ އަށް ބަދަލު ކޮށްފި ނަމަ ގިނަ ފަސޭހަތަކެއް ލިބި މަސައްކަތްތައް އަވަސް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ބަންދުކޮށްފި
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
"މަސްވެރިންގެ ވައުދުތައް ފުއްދޭނީ މާލީ ހާލަތު ރަނގަޅުވެގެން"
މަސްވެރިންނަށް މި މަހު 17 މިލިއަން ރުފިޔާ ޖަމާކޮށްފި
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ފެލިވަރުގައި ފަށަނީ
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
މަސްވެރިންނަށް ބާކީ ފައިސާ ޖަމާކުރަން ފަށައިފި
މިފްކޯއަށް 395 މިލިއަން، މަސްވެރިންނަށް 435
ވައުދާ އެއްގޮތަށް ދައުރުގެ ކުރީކޮޅު ފައިސާ ދޫކުރަނީ!