Roadha Mihaaru
ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ބަންދުކޮށްފި

ކަނޑުއޮތްގިރީގެ މަސް ކާރުހާނާ ބަންދުކޮށް އެ ރަށް އެމްއެންޑީއެފާ ހަވާލުކޮށްފި

21 އޯގަސްޓް 2024

ކ. ކަނޑުއޮތްގިރީގައި ހުންނަ މިފްކޯގެ މަސް ބަންދުކުރާ ކާރުހާނާ ބަންދުކޮށް އެ ރަށް އެމްއެންޑީއެފާ ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. ކަނޑުއޮތްގިރީގައި ހުންނަ މިފްކޯގެ މަސް ބަންދުކުރާ ކާރުހާނާ ބަންދުކޮށް އެ ރަށް އެމްއެންޑީއެފާ ހަވާލުކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރި އެމްއެންޑީއެފްގެ ބޭނުމަށް މި މަހު ހަތަރެއްގައި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިންނަށް ބޭނުންވާ ޖާގަ ހުޅުމާލެ ބަނދަރު ސަރަހައްދުން ހޯދުމަށް އެޗްޑީސީއާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ކަނޑުއޮތްގިރިއަކީ ކަންނެލި މަސްވެރިކަމަށް ހާއްސަކޮށްގެން މިފްކޯއިން ކާރުހާނާއެއް ހިންގި ރަށެކެވެ.

ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރިއަކީ ކަންނެލި މަސްވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް، އެ ބާވަތުގެ މަސްވެރިކަމަށް ހާއްސަކޮށްގެން މިފްކޯއިން ކާރުހާނާއެއް ހިންގި ރަށެއް ކަމަށެވެ. ދިގު މުއްދަތަކަށް އެ މަސައްކަތްތައް ކުރެވުނު ނަމަވެސް، އެ ރަށުން އެދެވޭ ހައްލެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކާރުހާނާ ބަދަލުކުރަން ނިންމާފައި ވަނީ ހުޅުމާލެއަށެވެ. ނަމަވެސް އެ ކާރުހާނާ ބަދަލުކުރެވޭނެ ސީދާ ތާރީހެއް ޝިޔާމް ވިދާޅެއް ނުވެ އެވެ.

ކަނޑުއޮތްގިރީގައި ކުރި މަސައްކަތްތަކަށް ބޭރުގެ މާލީ އެހީ ވެސް ލިބިފައި އެބަހުރި ކަމަށާއި ހުޅުމާލެއަށް ކާރުހާނާ ބަދަލުކޮށް އެ އެހީގެ ބޭނުންކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކާރުހާނާ ބަދަލުކުރަން ނިންމި މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަސްދޯނިތަކަށް ކަނޑުއޮތްގިރިއަށް ލަފާފުރުމުގައި ހުރި ދަތިތައް ހިމެނެ އެވެ.