Roadha Mihaaru
އިންޑިއާ ޓޫރިސްޓުން އިތުރު ކުރަން ރޯޑްޝޯތަކެއް ބާއްވަނީ

އިންޑިއާގެ ޓޫރިސްޓުން އިތުރު ކުރަން ގިނަ ހަރަކާތްތަކެއް ހިންގަނީ

13 ޖޫން 2024

އިންޑިއާއިން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ހާއްސަ ހަރަކާތްތަކެއް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިއާއިން އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ހާއްސަ ހަރަކާތްތަކެއް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނީ، ގެސްޓް ހައުސް އެސޯސިއޭޝަނާއި އެމްއެމްޕީއާރްސީއާ ގުޅިގެން މުހިއްމު ތިން ރޯޑްޝޯއެއް ބާއްވާނެ ކަމަށެވެ. މި ރޯޑްޝޯތައް ބާއްވާނީ ޖުލައި 22 އިން ފެށިގެން ޖުލައި 26 އަށެވެ.

މި ރޯޑްޝޯތައް ބާއްވަނީ އިންޑިޔާގެ ބެންގަލޫރާއި މުމްބާއީ އާއި ނިއު ދިއްލީގަ އެވެ.

މިފަދަ ހަކާރާތްތަކެއް ބާއްވަނީ އިންޑިއާ ޓޫރިސްޓުން އިތުރުކުރުމުގެ ބޭނުމުގައި ކަމަށް މަޓާޓޯއިން ބުންޏެވެ. އެ ރޯޑްޝޯގައި ރާއްޖޭގައި ހުރި ޓްރެވަލް ޕެކޭޖުތަކާއި ދާއިރާގެ މުހިއްމު މައުލޫމާތުތައް ހިއްސާކުރާނެ އެވެ. މި ހަރަކާތްތަކުގައި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީ އާއި ޓުއާ އޮޕަރޭޓަރުން ވެސް ބައިވެރިވާނެ އެވެ.

މި ރޯޑްޝޯތަކުގައި އިންޑިއާގެ ޓުއާ އޮޕަރޭޓަރުން ވެސް ބައިވެރިވާނެ އެވެ.

މިދިޔަ އަހަރު އިންޑިއާއަކީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ ގައުމެވެ. އެ ގައުމުން ވަނީ ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްތުން އައިސްފަ އެވެ. މި އަހަރު އެގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ދަށަށް ގޮސްފަ އެވެ. މި އަހަރުގެ މިހާތަނަށް 57،000 ޓޫރިސްޓުން އެ ގައުމުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ގައުމުން ވަނީ ލައްކައެއްހާ ޓޫރިސްޓުން އައިސްފަ އެވެ.