Roadha Mihaaru
އިޒްރޭލަށް ހަމަލާދޭން އުޅޭކަން ކުރިން އެނގޭ: ރިޕޯޓް

އިޒްރޭލަށް ހަމަލާ ދޭން އުޅޭކަމުގެ އިންޒާރު އިންޓެލިޖެންސުން ދިން: ރިޕޯޓް

19 ޖޫން 2024

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި އަދި ވަރުގަދަ ހަމަލާގެ އިންޒާރު އޭގެ ދެތިން ހަފްތާ ކުރިން އިޒްރޭލުގެ އިންޓެލިޖެންސް ބްރީފިންއެއްގައި ދީފައިވާ ކަމަށް އިޒްރޭލު ޕަބްލިކް ބްރޯޑްކާސްޓަރު "ކާން" އިން ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ކުއްލި އަދި ވަރުގަދަ ހަމަލާގެ އިންޒާރު އޭގެ ދެތިން ހަފްތާ ކުރިން އިޒްރޭލުގެ އިންޓެލިޖެންސް ބްރީފިންއެއްގައި ދީފައިވާ ކަމަށް އިޒްރޭލު ޕަބްލިކް ބްރޯޑްކާސްޓަރު "ކާން" އިން ބުނެފި އެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ސިގްނަލްސް އިންޓެލިޖެންސް ޔުނިޓުން މި ބްރީފް ޑްރާފްޓް ކުރީ ސެޕްޓެމްބަރު މަހު ކަމަށާއި އެއީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ފެށި ހަމާސް ހަމަލާގެ މަހެއް ވެސް ނުވަނީސް ކަމަށް ކާން އިން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވެ އެވެ.

އިޒްރޭލު އަސްކަރިއްޔާގެ ތެރޭ އޮންނަ، މުއާސަލާތީ ވަސީލަތްތަކުގެ ތެރެއިން ޖާސޫސްކުރާ [ސިގްނަލްސް އިންޓެލިޖެންސް] ޔުނިޓުން ހަމާސްގެ ހަމަލާއާ ބެހޭ ބްރީފިން ތައްޔާރުކޮށްފައި އޮތީ ހަމަލާ ދިނުމުގެ މަހަކަށް ވުރެ ވެސް ކުޑަ ދުވަސްކޮޅެއް ކުރިން ކަމަށް ރިޕޯޓްގައި ބުންޏެވެ.

ކާން އިން ރިޕޯޓްކުރި ގޮތުގައި "ޔުނިޓް 8200" ގެ އިންޓެލިޖެންސް ޑްރާފްޓްގައި ހަމާސްގެ ވަރުގަދަ ހަނގުރާމަވެރިން އިޒްރޭލުގެ އަސްކަރީ މަގާމުތަކާއި އިޒްރޭލުގެ ދެކުުނުގައި އާންމުން އުޅޭ ގެތައް ރެއިޑްކުރުމަށާއި 200-250 މީހުން ރަހީނުކުރުމަށް ވެސް ރާވާ ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން ހަމާސް އިން އިޒްރޭލަށް ދީފައި ނުވާ ފަދަ ގޮތަކަށް ދިން މި ހަމަލާތަކުގައި އިޒްރޭލުން 1،149 މީހުން މަރާލައި 251 މީހުން ރަހީނުކުރި އެވެ. މީގެ ތެރެއިން 116 މީހަކު މިހާރު ވެސް އިޒްރޭލުން ވަރުގަދަ އަށް ހަމަލާ ދެމުން ގެންދާ ޣައްޒާގެ ތެރޭގައި ފޮރުވައިގެން ގެންގުޅޭ ކަމަށް އިޒްރޭލުން ބުނެ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިް ނަތަންޔާހޫ އާއި ސިޔާސީ އެހެން މީހުން ވެސް ބުނަނީ މިއީ އިންޓެލިޖެންސް ފެއިލްވިތޯ ނުވަތަ ނޫންތޯ ބެލުމަށް ވުރެ ހަމާސް ނައްތާލުމަށް ހަނގުރާމަކުރަންވީ ވަގުތު ކަމަށެވެ. އިންޓެލިޖެންސް ފެއިލްވި ކަމުގެ ވާހަކައަށް އަޅާނުލައި ނުވަ މަސް ކުރިން އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 37،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ