Roadha Mihaaru
ސިންގަޕޫރުން ކަޅު ފައިސާގެ 4 ބިލިއަން އަތުލައިގެންފި

ފަސް އަހަރުތެރޭ ކަޅު ފައިސާގެ 4 ބިލިއަން ޑޮލަރު އަތުލައިގަތިން: ސިންގަޕޫރު

27 ޖޫން 2024

ސިންގަޕޫރުން 2019 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް މަނީ ލޯންޑަރިން އާއި ކުށުގެ އަމަލުތަކާ ގުޅުން ހުރި ހަ ބިލިއަން ސިންގަޕޫރު ޑޮލަރު (4.4 އެމެރިކާ ޑޮލަރު) އަތުލައިގެންފައިވާ ކަމަށް އިއްޔެ ބުނެފި އެވެ.

ސިންގަޕޫރުން 2019 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް މަނީ ލޯންޑަރިން އާއި ކުށުގެ އަމަލުތަކާ ގުޅުން ހުރި ހަ ބިލިއަން ސިންގަޕޫރު ޑޮލަރު (4.4 އެމެރިކާ ޑޮލަރު) އަތުލައިގެންފައިވާ ކަމަށް އިއްޔެ ބުނެފި އެވެ.

ކޮރަޕްޝަނާއި ކަޅު ފައިސާގެ މައްސަލަތައް މަދު ކަމަށް މަޝްހޫރު ސިންގަޕޫރުން މި އަދަދު ހާމަކޮށްފައި މި ވަނީ މިދިޔަ އަހަރު ފެންމަތިވި މިފަދަ މައްސަލަތަކެއްގެ ސަބަބުން ގައުމުގެ ނަމަށް ހުތުރުވެފައި ވަނިކޮށެވެ.

ސިންގަޕޫރުން މިދިޔަ އަހަރު ވަނީ މަނީ ލޯންޑަރިންއަށް ތުހުމަތުވާ ތިން ބިލިއަން ސިންގަޕޫރު ޑޮލަރުގެ މައްސަލައެއްގައި އެތައް އޮޕަރޭޝަނެއް ހިންގައިފަ އެވެ. މިއީ މުޅި ދުނިޔޭގެ ވެސް މިފަދަ އެންމެ ބޮޑު އެއް މައްސަލަ އެވެ. މި ރެއިޑްތަކުގައި އަގުބޮޑު ގެދޮރާއި ކާރާއި ލަގްޒަރީ މުދާ ހިފަހައްޓައި އަދި ބިދޭސީންތަކެއް ހައްޔަރު ވެސް ކުރި އެވެ.

"ބައިނަލްއަގްވާމީ މާލީ އަދި ވިޔަފާރީގެ މަރުކަޒެއްގެ ގޮތުގައި ސިންގަޕޫރުން ގަބޫލުކުރަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސިންގެ ނުރައްކާ ވަރަށް ބޮޑުވެފައިވާ ކަމަށް،" ގްލޯބަލް ފައިނޭންޝަލް ކްރައިމް އެސޯސިއޭޝަނެއް ކަމަށްވާ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް އިން ބާއްވާ އިވެންޓެއްގައި ބޮޑުވަޒީރު ލޯރެންސް ވޮންގް ވިދާޅުވި އެވެ.

"އެކަމަކު މި ނުރައްކާތަކާ ކުރިމަތިލައި، އިތުބާރު ހުރި މާލީ މަރުކަޒެއްގެ ގޮތުގައި ސިންގަޕޫރުގެ އަގު ހިފެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ އަޒުމު އެބަ އޮތް."

އަތުލައިގަތް ހަ ބިލިއަން ސިންގަޕޫރު ޑޮލަރުގެ ތެރެއިން ގާތްގަނޑަކަށް 416 މިލިއަން ސިންގަޕޫރު ޑޮލަރު ވަނީ އެ މައްސަލަތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް ރައްދުކޮށްފަ އެވެ. އަދި އެއް ބިލިއަން ޑޮލަރު ދައުލަތަށް ނަގާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.

އަދި ބާކީ ހުރި ފައިސާގެ ބޮޑު ބައެއްގެ ތަހުގީގުތައް ނުވަތަ ކޯޓުގެ އަޑުއެހުންތައް ކުރިއަށްދާ ކަމަށް ވެސް ބުނެފައިވެ އެވެ. -- އޭއެފްޕީ