ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ފުލުހުންގެ އިސްވެރިން މިއަދު ހާޒިރު ކުރި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ސިއްރު ކޮށްފި އެވެ.
01 ޖުލައި 2024
ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ފުލުހުންގެ އިސްވެރިން މިއަދު ހާޒިރު ކުރި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ސިއްރު ކޮށްފި އެވެ.
މަޖިލީހުގެ 241 ކޮމިޓީގައި މިއަދު އެޖެންޑާ ކޮށްފައި ވަނީ އެ ކޮމިޓީގެ މެންޑޭޓުގައި ހިމެނޭ އިދާރާތަކުގެ ތެރެއިން ހޯމް މިނިސްޓްރީ އާއި ފުލުހުންނާ ބައްދަލު ކުރުމެވެ.
އެ ބައްދަލުވުމުގައި ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ އެންމެ ފަހުން އެ ކޮމިޓީ އަށް މިނިސްޓަރު އިހުސާން ވަޑައިގެން ދެއްކެވި ވާހަކަތަކުގައި އިތުރު ސިއްރު މައުލޫމާތުތަކެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.
އެންމެ ފަހުން އެ ކޮމިޓީއަށް ހޯމް މިނިސްޓްރީ ހާޒިރުކުރީ މިދިޔަ ހަފުތާގަ އެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އާއި ވައްކަމާއި އެހެނިހެން ކުށްތަކާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކުރައްވައިފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި އޮތީ އެ މައުލޫމާތުތަކުގެ ތަފްސީލީ ޕްރެޒެންޓޭޝަނެއް އެ އިދާރާތަކުން ދިނުމެވެ. އެހެންކަމުން ކުރިން ރާވާފައިވާ ގޮތަށް ކޮމިޓީ ސިއްރު ކުރަން ސަލީމް އެދިވަޑައިގަތީ އެވެ.
ކޮމިޓީ ސިއްރު ކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ. އަދި އެ ހުށަހެޅުމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ތާއީދު ކުރެއްވައި ކޮމިޓީގެ އިއްތިފާގުން ފާސްވި އެވެ.
ޔާމީން މަސައްކަތްކުރި ނަމަ ފުލުހުން ރަނގަޅު ކުރެވޭނެ
ޑްރަގު ވިޔަފާރިގެ ބޮޑުންތަކެއް އައްޑޫން ހައްޔަރުކޮށްފި
"2-3 ހަފުތާ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ"
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ވީޑިއޯ ފުލުހަށް ދޭން މިނިސްޓަރު އެދުނު:ހެކި
"ނަތީޖާ ނުދެއްކޭ ނަމަ ފުލުހުންގެ ތެރޭގައި ނުތިބެވޭނެ"
ފުލުހުންގެ ހިދުމަތް "ރީސެޓް"ކުރާ ކޮންފަރެންސް ފަށައިފި
އަނިޔާވުމުން ހޮސްޕިޓަލަށް ގެންދިޔައީ އިހުސާންގެ ކާރުގައި
"ފުލުހުންނަށް އިތުބާރު އޮތް ނަމަ އަތްމައްޗަށް ނަގާ"
"ޕޮލިސް ސްޓޭޝަނާއެކު ބަދަލުވަނީ ހިދުމަތުގެ ލޭންޑްސްކޭޕް"