ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ ކަންކަން ރަނގަޅު ކުރެއްވި ނަމަ މިއަދު އޮންނާނީ ރައްޔިތުންގެ އިތުބާރު އޮތް ތަނެއް ކަމަށާއި އެ ކަމަކު މި ފަސް އަހަރު ޔާމީން ވެސް ފަހުރުވެރިވެވަޑައިގަންނަވާ ތަނަކަށް އެ މުއައްސަސާ ހައްދަވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ ކަންކަން ރަނގަޅު ކުރެއްވި ނަމަ މިއަދު އޮންނާނީ ރައްޔިތުންގެ އިތުބާރު އޮތް ތަނެއް ކަމަށާއި އެ ކަމަކު މި ފަސް އަހަރު ޔާމީން ވެސް ފަހުރުވެރިވެވަޑައިގަންނަވާ ތަނަކަށް އެ މުއައްސަސާ ހައްދަވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ފުލުހުންގެ ނަޒާހަތްތެރިކަމާއި އިތުބާރު އަލުން ގެންނަން ޖެހޭއިރު މިނިސްޓަރު އިހުސާނަށް އެކަން ނުކުރެއްވޭ ކަމަށް ޕީއެންއެފްގެ ރޭގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވުމުން ދެއްވި ރައްދެއްގަ އެވެ.
ޔާމީނަށް ސޯޝަލް މީޑިއާގައި ދެއްވި ރައްދުގައި އިހުސާން ވިދާޅުވީ، ފަސް އަހަރުގެ ވެރިކަމެއް ކުރައްވާފައި "ސިޓިން ރޫމްގައި ފްރޮންޓް އޮފީސް" ހިންގަވަން އިންނެވުމުގެ ބަދަލުގައި ލިބިވަޑައިގެންނެވި ފަސް އަހަރު ދުވަހު ރައީސް އޮފީހުގައި އިންނަވައިގެން ފުލުހުންގެ ކަންކަން ރަނގަޅު ކުރެއްވި ނަމަ މިއަދު އެ ވާހަކަ ދައްކަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އެހެން ނަމަ މިއަދު އޮންނާނީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ފުލުހުންގެ މުއައްސަސާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މާތް ﷲ ގެ އިދާރަފުޅާ އެކު، މި ފަސް އަހަރު ނިމިގެން ދާއިރު ފުލުހުންގެ މުއައްސަސާ ވާނީ ރައްޔިތުން ފުރިހަމަ އަށް އިތުބާރު ކުރައްވާ އަދި ރައީސް ޔާމީން ވެސް ފަހުރުވެވަޑައިގަންނަވާ މުއައްސަސާއަކަށް،" އިހުސާން ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެން ކުރާނަން."
މިނިސްޓަރު ވިދާޅުވީ، ފުލުހުންގެ ތެރޭގައި ގިނައީ ގައުމީ ހިދުމަތުގެ ރޫހު ހުރި އަދި މި ވަތަން ދެކެ ލޯބިވާ މީހުން ކަމަށާއި އެ މީހުންގެ ހިދުމަތާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
"އެ ތާނގައި ހުރި ރަނގަޅު ކުރަންޖެހޭ ހުރި ކަން ދަނެ އެ ކަންކަން ރަނގަޅު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަމާ އެކު ރައީސް މުއިއްޒު ވެރިކަން ކުއްވަނީ،" އިހުސާން ވިދާޅުވި އެވެ.
ގާނޫނީ ގޮތުން ފުލުހުންގެ ކަންކަމަށް ޖަވާބުދާރީވެވަޑައިގަންނަވާ މިނިސްޓަރުގެ ހައިސިއްޔަތުން އިހުސާން ވަނީ ފުލުހުން ހިދުމަތް "ރީސެޓް" ކުރުމުގެ ހާއްސަ މަސައްކަތްތަކެއް ފައްޓަވައިފަ އެވެ. އެ ކަމަށް މަގުފަހި ކުރުމަށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހާއި ބުދަ ދުވަހު ބޭއްވި ލޯކަލް ޕޮލިސިން ކޮންފަރެންސަށް ފަހު މިނިސްޓަރު ވިދާޅުވީ، އެ ކޮންފަރެންސްގެ ނަތީޖާ ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ފެންނަން ފަށާނެ ކަމަށާއި ކަންބޮޑުވުންތަކަށް ވަރަށް ކައިރިން އެޑްރެސްކޮށް، ދެނެގަނެވިއްޖެ ކަމަށެވެ.
އިހުސާން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވަނީ ނަތީޖާ ކަމަށެވެ. ރައްޔިތުންނަށް އެ ނަތީޖާ ނުދެއްކޭ ފުލުހުންނަށް އަބަދު ފުލުހުންގެ ވަޒީފާގައި ނުތިބެވޭނެ ކަމަަށާއި އެ ފަދަ މީހުން ޖެހޭނީ ނަތީޖާ ދައްކަން ކަމަށް މިނިސްޓަރު ވަނީ އެ ކޮންފަރެންސްގެ ދުވަސްވަރު ވިދާޅުވެފަ އެވެ.
"ރީޓްރެއިން ވާން ނަސޭހަތް ދީ، ފުރުސަތު ދީފައި، އެކަމަކު މިތާނގެ ތެރޭގައި އަބަދުމެ ނޮންޕާފޯމް މީހެއްގެ ގޮތުގައި ނުއެއް ހުރެވޭނެ. ރައްުޔިތުން އެބަ އެކްސްޕެކްޓް ކުރޭ ނަތީޖާ. އެ ނަތީޖާ އަޅުގަނޑުމެން ދައްކަން ބޭނުންވަނީ،" މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
ޑްރަގު ވިޔަފާރިގެ ބޮޑުންތަކެއް އައްޑޫން ހައްޔަރުކޮށްފި
"2-3 ހަފުތާ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ"
މަސްތުން ސަލާމަތްކުރާކަމުގެ އިހުސާސް ކުރެވޭނެ: އިހުސާން
ވީޑިއޯ ފުލުހަށް ދޭން މިނިސްޓަރު އެދުނު:ހެކި
"ނަތީޖާ ނުދެއްކޭ ނަމަ ފުލުހުންގެ ތެރޭގައި ނުތިބެވޭނެ"
ފުލުހުންގެ ހިދުމަތް "ރީސެޓް"ކުރާ ކޮންފަރެންސް ފަށައިފި
އަނިޔާވުމުން ހޮސްޕިޓަލަށް ގެންދިޔައީ އިހުސާންގެ ކާރުގައި
"ފުލުހުންނަށް އިތުބާރު އޮތް ނަމަ އަތްމައްޗަށް ނަގާ"
"ޕޮލިސް ސްޓޭޝަނާއެކު ބަދަލުވަނީ ހިދުމަތުގެ ލޭންޑްސްކޭޕް"
އޮޕަރޭޝަން އަލިމަގު: "އެންމެންނަކީ ވިޔަފާރީގައި އުޅޭ މީހުން"