ލިތުއޭނިޔާއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރަކު ކަނޑައަޅައިފި އެވެ.
08 ޖުލައި 2024
ލިތުއޭނިޔާއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ސަފީރަކު ކަނޑައަޅައިފި އެވެ.
ލިތުއޭނިއާއިން ރާއްޖެއަށް ކަނޑައެޅި ސަފީރު ޑަޔަނާ މިކެވިޗިއެނޭ މިއަދު ވަނީ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފަ އެވެ. މިއީ 1999 ވަނަ އަހަރު ދެ ގައުމުން ހާރިޖީ ގުޅުން ގާއިމްކުރި ފަހުން ކަނޑައެޅި ފުރަތަމަ ސަފީރެވެ.
ލިތުއޭނިޔާގެ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން ރައީސް ވަނީ ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ވިޔަފާރި އާއި އިގްތިސޯދީ ދާއިރާއިން އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ލިތުއޭނިޔާގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުމުގެވެ ރަސްމިއްޔާތުގައި.-- ފޮޓޯ: ރައީސް އޮފީސް
ލިތުއޭނިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާނީ ނޮން-ރެސިޑެންޓް ސަފީރެކެވެ. ސަފީރު ހުންނަވާނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ގައެވެ.
ލިތުއޭނިޔާގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުް ޑރ. މުހައްމަދު މުއިއްޒުއަށް އެރުވުމަށްފަހު މަޝްވަރާ ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ލިތުއޭނިއާގެ ސަފީރުގެ އިތުރުން ތުރުކީން އުރުދުންއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރާއި ތުރުކީން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވެސް މިއަދު ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފަ އެވެ. އެ ދެ ސަފީރުންނަކީ ވެސް ނަން ރެސިޑެންޓް ސަފީރުންނެވެ.
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ރާއްޖޭން ޔޫކްރެއިން ކޮޅަށް ބުރަވި ވާހަކަ ދޮގުކޮށްފި
ރައީސް މުއިއްޒުގެ ޝުކުރު އެސްޓޯނިއާގެ ރައީސަށް
ރައީސް އެސްޓޯނިއާއަށް ފުރާވަޑައިގެންފި
"އިންޑިއާ އައުޓް ކެމްޕެއިނާ ސަރުކާރާ ގުޅުމެއް ނެތް"
ކަތި މަގަކުން ވިޔަސް، ހާރިޖީ ސިޔާތަށް ހަމަހަމަ ކަން!
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ނޭޕާލުގެ އާ ބޮޑުވަޒީރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ނުވަ ގައުމަކަށް ރައީސް ސަފީރުން އައްޔަންކުރައްވައިފި
ލަންކާ ސަފީރު ކަމަށް މަސްއޫދު، މެލޭޝިއާ އަށް ޝަބީނާ