Roadha Mihaaru

ގުޅިގެން ކުރިއަށް ދެވޭނެ ކަމުގެ އުއްމީދާ އެކު ރައީސްގެ ޝުކުރު އެސްޓޯނިއާގެ ރައީސަށް!

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކައިސް ބެހެއްޓެވި ގާތްކަމާއި އެ ގައުމުން އެ މަނިކުފާނަށް އަދާކުރި މެހުމާންދާރީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް މުއިއްޒުގެ ޝުކުރު އެސްޓޯނިއާގެ ރައީސަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

14 ޖެނުއަރީ 2025

އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކައިސް ބެހެއްޓެވި ގާތްކަމާއި އެ ގައުމުން އެ މަނިކުފާނަށް އަދާކުރި މެހުމާންދާރީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެސްޓޯނިއާގެ ރައީސް ކައިސް އާއި އެ ގައުމުގެ ސަރުކާރުން ދެއްވި ދައުވަތަށް ޝަކުރު އަދާކުރައްވައިފަ އެވެ. އެސްޓޯނިއާ އަށް ވަޑައިގަތުމުން އަދާކުރި މެހެމާންދާރީ އާއި ވިދާޅުވި މަރުހަބާ ވެސް ވަރަށް ފުރިހަމަ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ތަނުގައި ހުރުމަކީ ހަގީގަތުގައި ވެސް ޝަރަފެއް،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ އާއި އެސްޓޯނިއާގެ ގުޅުން ބަދަހިކުރުމަށް ވަރަށް އުފެއްދުންތެރި، ރަނގަޅު މަޝްވަރާ ބައްދަލުވުންތަކެއް އިއްޔެ ބޭއްވި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް އަލާރް ކައިސް އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް އަލާރް ކައިސް އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ޑިޖިޓަލް ގަވަނެންސް، ސައިބާ ރެސިލިއަންސް، މޫސުމަށް އަންނަ ބަދަލުތައް އަދި ތައުލީމީ ދާއިރާތަކުގައި އަޅުގަނޑުމެން ހިއްސާކުރާ ތަސައްވުރާއި އިސްކަންދޭ ކަންތައްތަކުން، ކުރިއަށް އޮތް އަހަރުތަކުގައި އެކުގައި ކުރިއަށް ދިއުމަށް އަޅުގަނޑުމެންގެ މަސައްކަތްތަކަށް މަގު ދައްކައިދޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް އަލާރް ކައިސް އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް އަލާރް ކައިސް އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެސްޓޯނިއާގެ ރައީސް ވިދާޅުވި ގޮތަށް، ރާއްޖެ އާއި އެސްޓޯނިއާ ކަހަލަ ކުދި ގައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަމާއި އެކުވެރިކަމަކީ، ހަމައެކަނި މި ގައުމުތަކުގެ ސަލާމަތާއި މިނިވަން ކަމަށް އެކަނި އޮންނަ ގުޅުމެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ ސުލްހަ އާއި ދެމެހެއްޓެނިވި ތަރައްގީއަށް ވެސް ވަރަށް މުހިންމު ގުޅުމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޔޫރަޕުގެ ގައުމެއް ކަމަށްވާ އެސްޓޯނިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަތީ އިއްޔެ އެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި، ރައީސް މުއިއްޒު ޔޫރަޕުގެ ގައުމަކަށް ރަސްމީ ދަތުރުފެއް ކުރައްވާ ވެސް ފުރަތަމަ ފަހަރެވެ.