Roadha Mihaaru
ފާނަބަސަންދާއި ހޭންޑް ފުޓް އެންޑް މައުތު އިތުރުވަނީ

ފާނަބަސަންދާއި ހޭންޑް ފުޓް އެންޑް މައުތު ބަލި އިތުރުވާން ފަށައިފި

11 ޖުލައި 2024

ރާއްޖޭގައި ފާނަބަސަންދާއި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި ފާނަބަސަންދާއި ހޭންޑް ފުޓް އެންޑް މައުތު ޑިޒީސް ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ފާނަބަސަންދު ޖެހުނު މީހުންގެ އަދަދު މިދިޔަ ހަފުތާއަށް ވުރެ މި ހަފުތާގައި އިތުރުވެފައިވާ ކަމަށެވެ. އެ ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދާއި ޅ. އަތޮޅު އަދި އައްޑޫންނެވެ.

މިދިޔަ މަހުގެ 23 އިން 29 އަށް 94 މީހަކަށް ފާނަބަނަސްދު ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އެ އަދަދު މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ވަނީ 107 އަށް އިތުރުވެފަ އެވެ.

ހޭންޑު ފުޓް އެންޑް މައުތު ބަލި ޖެހިގެން މިދިޔަ މަހުގެ ފަހު ހަފުތާގައި 11 މީހުން އަދި އެ ބަލި ޖެހިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރިޕޯޓުކުރި މީހުންގެ އަދަދު 35 މީހުންނަށް އިތުރުވެފައިވެ އެވެ.

ހޭންޑް ފުޓް އެންޑް މައުތު ޖެހިގެން އެންމެ ގިނައިން ރިޕޯރޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން އދ. އަތޮޅުންނެވެ.

ލޮލު ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވަނީ ކުރީ ހަފްތާއަށްވުރެ ވޭތުވެ ދިޔަ ހަފްތާގައި ދަށަށް ގޮސްފަ އެވެ. ލޮލު ރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ލ. އަދި ފުވައްމުލަކުގަ އެވެ.

އެއީ، މިދިޔަ މަހުގެ ފަހުކޮޅު 407 މީހުން އަދި އެއާ ޖެހިގެން އައި ހަފުތާގައި 337 މީހުންނެވެ.

ހޭންޑު ފުޓް އެންޑް މައުތު ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކަރުތެރެ ފާރުވުމާއި ކާހިތް ނުވުމާއި ވަރުދެރަނުވުމާއި އަތްތިލައާ ފައިތިލާގައި ރަތްކުލައިގެ ބިހުތަކެއް ނެގުމަށްފަހު ފެންފޮޅަކަށް ބަދަލުވުން ހިމެނެ އެވެ.