Roadha Mihaaru
ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ

ޓްރިވެންޑްރަމަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަނީ

16 ޖުލައި 2024

ގައުމީ އެއާލައިން، މޯލްޑިވިއަނުން އިންޑިއާގެ ޓްރެވިންޑްރަމަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ގައުމީ އެއާލައިން، މޯލްޑިވިއަނުން އިންޑިއާގެ ޓްރެވިންޑްރަމަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

މޯލްޑިވިއަން އިން ބުނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ވެސް ރާއްޖެ އާއި ޓްރެވިންޑްރަމާ ދޭތެރޭ ދަތުރުތައް ބާއްވާނެ ކަމަށެވެ. މި ފްލައިޓާ އެކު މާލެ އާއި ޓްރެވިންޑްރަމާ ދެމެދު ހަފުތާއަކު ފަސް ދަތުރު ކުރާނެ އެވެ.

މާލެ އާއި ޓްރިވެންޑްރަމާ ދެމެދު މީގެ ކުރިން ދަތުރުކުރީ ހަތަރު ދުވަހެވެ. އެއީ ހޮނިހިރު، އާދިއްތަ، ބުދަ އަދި ބުރާސްފަތިދުވަހެވެ.

މީގެ އިތުރުން، ހަނިމާދޫ އެއާޕޯޓުން ކޮންމެ ހުކުރު ދުވަހަކާއި ހޯމަ ދުވަހަކު ޓްރިވެންޑްރަމަށް ދަތުރު ކުރެ އެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި ދަތުރުތައް އިތުރުކުރަން ނިންމީ ޓްރެވިންޑްރަމަށް އޮތް ޑިމާންޑު ބޮޑުވުމުގެ އިތުރަށް، ބޭނުން ވަގުތަކު ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ.

ޓްރެވިންޑްރަމަކީ ދިވެހިން ބޭސް ފަރުވާއަށް އެންމެ ގިނައިން ދަތުރުކުރާ އެއް މަންޒިލެވެ.

މޯލްޑިވިއަނުން ޓްރެވިންޑްރަމްގެ ދަތުރުތައް ކުރަނީ ޑޭޝް 8 އެއާކްރާފްޓުގަ އެވެ.