Roadha Mihaaru
ބައިޑެން އަށް ކޮވިޑް ޖެހި ކެމްޕެއިން މަޑުޖެހިއްޖެ

ބައިޑެން އަށް ކޮވިޑް ޖެހި ކެމްޕެއިން މަޑުޖެހިއްޖެ

18 ޖުލައި 2024

ބޮޑު ބައްޔެއް ޖެހިފައި ހުރިކަން އެނގިއްޖެ ނަމަ އެމެރިކާގެ ރިޔާސީ ރޭހުން ވަކިވުމާ މެދު ވިސްނަވާނެ ކަމަށް ވިދާޅުވިތާ ކުޑަ އިރުކޮޅެއް ފަހުން ރައީސް ޖޯ ބައިޑެން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ބޮޑު ބައްޔެއް ޖެހިފައި ހުރިކަން އެނގިއްޖެ ނަމަ އެމެރިކާގެ ރިޔާސީ ރޭހުން ވަކިވުމާ މެދު ވިސްނަވާނެ ކަމަށް ވިދާޅުވިތާ ކުޑަ އިރުކޮޅެއް ފަހުން ރައީސް ޖޯ ބައިޑެން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ބައިޑެންގެ އުމުރުން ދުވަސްވުމާއި އޭނާގެ ކިބައިން ފެންނަ ބައެއް ކަންކަމާ ހެދި ރިޔާސީ ރޭހުން ވަކިވާން ގޮވާލުމުގެ އަޑު ގަދަވެފައި ވަނިކޮށް ކޮވިޑަށް ޕޮޒިޓިވްކަން އެނގިވަޑައިގަތީ ލަސް ވޭގަސްގައި ކެމްޕެއިން ދަތުރެއްގައި އުޅުއްވަނިކޮށެވެ. އެއާ އެކު ކެމްޕެއިން ވަނީ މެދުކަނޑާލައިފަ އެވެ.

އުމުރުން 81 އަހަރުގެ ބައިޑެން އެނބުރި ވަޑައިގަތުމަށް ވެހިކަލަށް އަރާވަޑައިގެން "ރަނގަޅު" ކަމުގެ ނިޝާން އަތުން ދައްކަވާލެއްވުމަށް ފަހު ވިދާޅުވީ "ހާލު ރަނގަޅު" ކަމަށެވެ.

ވައިޓް ހައުސް އިން ބުނީ ބައިޑެންގެ ނޭފަތުން ފައިބައި ކެއްސައި އަދި އިތުރު އެހެން ބައެއް އުނދަގޫތައް ވާތީ ކޮވިޑް ޓެސްޓް ހެއްދެވީ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވް ވުމާ އެކު ބައިޑެން ވަޑައިގަތީ ޑެލަވެއާގައި ހުންނަ އޭނާގެ ބީޗް ހައުސް އަށް ކަމަށާއި ހުންނެވީ އައިސޮލޭޝަންގައި ކަމަށް ވައިޓް ހައުސް އިން ބުންޏެވެ.

ބައިޑަން އަށް ކޮވިޑް ޖެހިފައި ހުރިކަން އެނގިފައި މި ވަނީ އަންގާރަ ދުވަހު ދެއްވި އިންޓަވިއެއްގެ ބައިތައް އާންމުކޮށްފައި ވާއިރު އޭގައި ބަލި ހާލަތުގެ ވާހަކަ ވެސް ދައްކަވާފައި ވަނިކޮށެވެ.

އެ އިންޓަވިއުގައި، ބައިޑެން ވިދާޅުވީ އޭނާގެ ސިއްހީ މައްސަލައެއް ހުރިކަން އެނގޭ ހިސާބުން ރިޔާސީ ރޭހުން ވަކިވުމާ މެދު ވިސްނަވާނެ ކަމަށެވެ.

"އަޅުގަނޑުގެ ސިއްހީ މައްސަލައެއް ހުރިކަން އެނގިއްޖެ ނަމަ، އަޅުގަނޑުގެ އެވެނި މިވެނި މައްސަލައެއް އެބަހުރި ކަމަށް ޑޮކްޓަރު ބުނެފި ނަމަ [ވިސްނާނަން]،" ރިޔާސީ ރޭހުން ވަކިވެ އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމަށް ގޮވާލާއިރު އެކަން ކުރައްވާނީ ކޮން ހާލަތެއްގައިތޯ ސުވާލުކުރުމުން ބައިޑެން ވިދާޅުވި އެވެ.

ނޮވެމްބަރު މަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެންމެ ފުރަތަމަ ބައިޑެން އަށް ޕްރެޝަރު ބޮޑުވީ އިދިކޮޅު ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ރިޔާސީ ބަހުސްގައި ބައިޑެން އަށް ކުރިމަތިވެ ވަޑައިގަތް ލަދަށް ފަހު އެވެ. އޭގެ ފަހުން އަނެއްކާ އިތުރު ހާސްކަމެއްގެ ތެރެއިން ކެމްޕެއިން ދިޔައީ ޓްރަމްޕް އަވަހާރަކޮށްލަން މިދިޔަ ހޮނިހިރު ދުވަހު ދިން ހަަމަލާއާ އެކުގަ އެވެ. -- އޭއެފްޕީ