Roadha Mihaaru
ވަރިއާ ގުޅޭ ޕޯސްޓަކަށް އަބީޝެކް ލައިކް ދީފި

ވަރިއާ ގުޅޭ ޕޯސްޓަކަށް އަބީޝެކް ލައިކް ދިނުމުން އޭނާ އާއި އައިޝްގެ ވަރީގެ އަޑު އަނެއްކާވެސް ގަދަވެއްޖެ

19 ޖުލައި 2024

ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަން ވަރިއާ ގުޅޭ އިންސްޓަގްރާމް ޕޯސްޓަކަށް ލައިކް ދިނުމުން، އޭނާ އާއި އައިޝްވާރިޔާ ރާއީ ބައްޗަންގެ ވަރީގެ އަޑުތައް އަނެއްކާވެސް ގަދަވެއްޖެ އެވެ.

ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަން ވަރިއާ ގުޅޭ އިންސްޓަގްރާމް ޕޯސްޓަކަށް ލައިކް ދިނުމުން، އޭނާ އާއި އައިޝްވާރިޔާ ރާއީ ބައްޗަންގެ ވަރީގެ އަޑުތައް އަނެއްކާވެސް ގަދަވެއްޖެ އެވެ.

އަބީޝެކް ލައިކް ދިނީ އިންޑިއާ ނޫހެއް ކަމަށްވާ "އިންޑިއަން އެކްސްޕްރެސް"ގެ މެގަޒިންއެއްގައި މަސައްކަތްކުރާ ނޫސްވެރިޔަކު ލިޔުނު އާޓިކަލްއަކާ ގުޅޭ ގޮތުން އެ ނޫސްވެރިޔާގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓަކަށެވެ.

އެ ޕޯސްޓުގެ ހެޑްލައިންގައި ވަނީ "ވެން ލަވް ސްޓޮޕްސް ބީންގް އީޒީ" އެވެ. އެ ޕޯސްޓުގެ ކެޕްޝަންގައި ނޫސްވެރިޔާ ލިޔެފައި ވަނީ ވަރިއަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ކައިވެނީގެ ވަރުގަދަ ގުޅުން ނިމޭ ހިސާބުން މީހެއްގެ ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކުގެ ވާހަކަތައް ސުވާލުތަކެއްގެ ގޮތުގައި އޭނާ ވަނީ ލިޔެފަ އެވެ.

އަބީޝެކް އެ ޕޯސްޓަށް ލައިކް ދިނުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މި ވާހަކަ ދައްކަމުންނެވެ. އޭނާ އާއި އައިޝްވާރިޔާ ވަރިވި ވާހަކަ މި އަހަރުގެ ކުރީކޮޅުގައި ވެސް ވަރަށް ގަދައަށް ދެކެވުނެވެ. އެކަމަކު، އެ ވާހަކަތަކާ ގުޅޭ ގޮތުން ދެމީހުން ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ. އޭގެ ފަހުން ދެމީހުން އެކުގައި ބައެއް އިވެންޓުތަކުގައި ބައިވެރިވުމުން އެ އަޑުތައް ފަނޑުވީ އެވެ.

ނަމަވެސް، މިދިޔަ ހަފުތާ ބަންދުގައި ބޭއްވި އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތު އަމްބާނީގެ ކައިވެނީގެ ހަފުލާއަށް ބައްޗަން އާއިލާއާ ވަކިން އައިޝްވާރިޔާ އާއި އޭނާގެ ދަރިފުޅު އަރަދުޔާ ބައްޗަން ދިއުމުން މި އަޑުތައް އަނެއްކާވެސް ގަދަވާން ފެށި އެވެ.

އަބީޝެކް އާއި އައިޝްވާރިޔާ ކައިވެނި ކުރީ އެޕްރީލް 20، 2007 ގަ އެވެ. އެމީހުންގެ ހުންނަ ހަމައެކަނި ދަރިފުޅު އަރަދުޔާ ލިބުނީ ނޮވެމްބަރު 16، 2011 ގަ އެވެ.