ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދަރިކަނބަލުންގެ ކައިވެނި ރޫޅާލަން ނިންމެވިކަން އިންސްޓަގްރާމް މެދުވެރިކޮށް އެކަމަނާ އިއުލާން ކުރައްވައިފި އެވެ.
ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދަރިކަނބަލުންގެ ކައިވެނި ރޫޅާލަން ނިންމެވިކަން އިންސްޓަގްރާމް މެދުވެރިކޮށް އެކަމަނާ އިއުލާން ކުރައްވައިފި އެވެ.
ޝެއިހާ މަހްރާ ބިންތު މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ވެރިފައިޑް އިންސްޓަގްރާމް އެކައުންޓުން ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެކަމަނާގެ ފިރިކަލުންނާ ވަކިވެ ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށާއި އެކަން އިއުލާން ކުރައްވާ ކަމަށެވެ.
"ތިހުރީ ވަރިކޮށްފައި. ތިހުރީ ވަރިކޮށްފައި. ތިހުރީ ވަރިކޮށްފައި،" އޭނާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
"ހިތްހެޔޮ ކުރާތި. ތިބާގެ ކުރީގެ އަނބިމީހާ."
މި ޕޯސްޓުގައި ޝައިހާ މަހްރާ ބުނެފައިވަނީ ތިންފަށުން ފިރިމީހާ ވަރިކުރީ ކަމަށެވެ. ނަމަވެސް އިސްލާމްދީނުގައި އަންހެނުންނަށް އެ މީހުންގެ ފިރިން ވަރިއެއް ނުކުރެވޭނެ އެވެ.
މިކަމާ ގުޅޭގޮތުން ޝައިހް މަހްރާގެ ފިރިކަލުން ޝައިހް މަނާ ބިން މުހައްމަދު ބިން ރަޝީދު ބިން މަނާ އަލް މަކްތޫމް އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި ދުބާއީގެ އޮފިޝަލުން ވެސް މި ހަބަރު އަދި ކަށަވަރުކޮށެއް ނުދެ އެވެ.
ޝައިހާ މަހްރާގެ ފިރިކަލުންގެ ހުރިހާ ފޮޓޯއެއް ވެސް އިންސްޓަގްރާމް އެކައުންޓުން ވަނީ ޑިލިޓްކޮށްފަ އެވެ.
ޝައިހާ މަހްރާ އާއި ޝައިހް މަނާ ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރު އެޕްރީލް މަހު ބޭއްވި ބޮޑު ހަފުލާއެއްގަ އެވެ. އެ ދެބޭފުޅުންގެ ދެ މަހުގެ ތުއްތު ކުއްޖެއް ވެސް އޮވެ އެވެ.
ބަފައިބެއާ ހެދި 15 މިނެޓް ތެރޭ ކައިވެނި ރޫޅިއްޖެ
ރޯދަ މަހު ވަރިކުރުން މަނާކުރުމުން އުފެދުނު ބަހުސް!
ވަރިކުރީ ރުޅިއައިސްގެން ކަމަށް ބުނުމުން ވަރިއަކަށްނުވި
ވަރިއަށް 5 އަހަރު، ގެއިން ނުނިކުތުމުން ދިޔައީ ކޯޓަށް
ކާމިޔާބީ ފެނުނީ ވަރިއާ ހިސާބުން: އާމިރް ޚާން
ބޭރުގައި ކައިވެނި ކުރުން:ނިޒާމު ހަރުދަނާކުރަން ޖެހިިފައި
ކޯޓުން ބޭނުންވަނީ ދަރިންގެ ހަރަދު ގާޒީން ކަނޑައަޅަން
މުދާ ހޯދަނީ ދެމަފިރިން، ވަރިއަށްފަހު އެކަކު ހުސްއަތާ!
ފެމިލީ ކޯޓުން 97 މިލިއަން ރުފިޔާ ނަގައިދިން
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ