Roadha Mihaaru
ފަވާދު ހާން ދެން ކުޅެނީ ޝެފެއްގެ ރޯލު

ފަވާދު ހާން ދެން ކުޅެނީ ޝެފެއްގެ ރޯލު

22 ޖުލައި 2024

ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ހާން ބޮލީވުޑަށް އެނބުރި އަންނަ ފިލްމުގައި އޭނާ ކުޅޭނީ ޝެފެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ހާން ބޮލީވުޑަށް އެނބުރި އަންނަ ފިލްމުގައި އޭނާ ކުޅޭނީ ޝެފެއްގެ ރޯލު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އަދި ނަން އިއުލާން ކޮށްފައި ނުވާ އެ ފިލްމުގައި ފަވާދު ކުޅޭނީ އިނގިރޭސިވިލާތުގައި މަސައްކަތްކުރާ އިންޑިއާގެ ޝެފެއްގެ ރޯލެވެ. އަދި އެ ފިލްމުގެ މަންޒަރުތައް ނަގަނީ ލަންޑަނާއި ދުބާއީގަ އެވެ.

އެ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މި ފިލްމުގައި ފަވާދުއާ އެކު ލީޑު ރޯލުން ފެންނާނީ ބޮލީވުޑްގެ އެކްޓްރެސް ވާނީ ކަޕޫރެވެ.

މިފަހުން ބައެއް ނޫސްތަކަށް ދިން އިންޓަވިއުތަކުގައި ފަވާދު ވަނީ އޭނާއަށް އިތުރު ފިލްމުތަކުން ވެސް ފުރުސަތު ލިބިފައިވާ ކަން ހާމަކޮށްފަ އެވެ. ނަމަވެސް އޭގެ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ފަވާދު ވަނީ ކުރިން ވެސް ބޮލީވުޑްގެ ތިން ފިލްމެއް ކުޅެފަ އެވެ. ނަމަވެސް 2016 ވަނަ އަހަރު ޕާކިސްތާނުގެ އެކްޓަރުން އިންޑިއާގައި މަސައްކަތްކުރުން މަނާކުރުމުން އޭނާ ވަނީ ބޮލީވުޑްއާ ދުރަށް ގޮސްފަ އެވެ. ނަމަވެސް، އެ ނިންމުން މިހާރު ވަނީ މުމްބާއީގެ ހައިކޯޓުން ބާތިލުކޮށްފަ އެވެ.

ފަވާދު ކުޅުނު ބޮލީވުޑްގެ ފިލްމުތަކަކީ "ކޫބްސޫރަތު" އާއި "އޭ ދިލްހެ މުޝްކިލް" އަދި "ކަޕޫރް އެން ސަންސް" އެވެ.