28 ސެޕްޓެމްބަރ 2019
ޕާކިސްތާނުގެ އެކްޓަރު ފަވާދު އަފްޒަލް ޚާނަކީ ބޮލީވުޑްގެ ފިލްމުތައް ކުޅެން ފެށުމުގެ ކުރިން ވެސް ބައެއް ދިވެހިންގެ ތެރޭގައި ފަރިތަ މޫނެކެވެ. ހާއްސަކޮށް، އޭނާ ކުޅެފައިވާ ސިލްސިލާތައް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލެވެ.
ޕާކިސްތާނުގެ އެކްޓަރު ފަވާދު އަފްޒަލް ޚާނަކީ ބޮލީވުޑްގެ ފިލްމުތައް ކުޅެން ފެށުމުގެ ކުރިން ވެސް ބައެއް ދިވެހިންގެ ތެރޭގައި ފަރިތަ މޫނެކެވެ. ހާއްސަކޮށް، އޭނާ ކުޅެފައިވާ ސިލްސިލާތައް ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލެވެ.
އެކަމަކު ގިނަ ދިވެހިންނަށް ފަވާދު އެންމެ ބޮޑަށް އެނގެން ފެށީ އޭނާ ހިންދީ ފިލްމުތައް ކުޅެން ފެށި ހިސާބުންނެވެ. އެއާއެކު އޭނާގެ ރީތިކަމުގެ ވާހަކަ އަކީ އެންމެ ގަދަ އަށް ދެކެވެނު އެއް ވާހަކަ އެވެ.
ފަވާދު އުޅެނީ މީހަކާ އިނދެގެންނެވެ. އޭނާގެ ދެ ދަރިން ވެސް އެބަތިއްބެވެ.
ފަވާދު މިހާތަނަށް ކުޅުނީ އެންމެ ތިން ހިންދީ ފިލްމެވެ. އޭނާ ބޮލީވުޑަށް ތައާރަފުވީ 2014 ގައި ސޯނަމް ކަޕޫރްގެ "ޚޫބްސޫރަތު" އިންނެވެ. އޭގެ ފަހުން ދެން ފަވާދު ފެނުނީ ކަރަން ޖޯހަރު ޕްރޮޑިއުސްކުރި 2016 ގެ ފިލްމު "ކަޕޫރް އެންޑް ސަންސް" އިން އާލިއާ ބަޓާއި ސިދާތު މަލްއުތުރާއާ އެކީގަ އެވެ.
އެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު، ކަރަން އެންމެ ފަހުން ޑައިރެކްޓްކުރި 2016 ގެ "އޭ ދިލް ހޭ މުޝްކިލް" ގެ ރޯލަކުން ވެސް ފަވާދު ފެނިފައިވެ އެވެ. އެ ފިލްމުގެ ތަރިންނަކީ ރަންބީރު ކަޕޫރް، އަނުޝްކާ ޝަރުމާ އަދި އައިޝްވާރިޔާ ރާއީ އެވެ.
ގިނަ ހިންދީ ފިލްމުތަކުން ފެންނަން ވަރަށް ގިނަ ބަޔަކު އުންމީދުކުރަމުން ދިޔަ ފަވާދަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ބޮލީވުޑްގެ ފިލްމުތަކަށް ލޯބިކުރާ މީހުންގެ ހިތްތައް ފަތަހަކުރުމަށް ފަހު، ހަމަ އެހާމެ ކުރު މުއްދަތެއްގެ ތެރޭގައި ބޮލީވުޑް ދަތުރު ނިންމައިލަން ވެސް ޖެހުނު ތަރިއެކެވެ.
އޭނާ އަށް މިކަމާ ކުރިމަތިލާން ޖެހުނީ "އޭ ދިލް ހޭ މުޝްކިލް" ރިލިޒްވާން އުޅެނިކޮށެވެ. ޕާކިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ބަޔަކު އިންޑިއާ އަށް ދިން ހަމަލާއަކާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވެ، އިންޑިއާގައި ޕާކިސްތާނުންގެ ފަންނާނުން ބޮއިކޮޓްކޮށް، އިންޑިއާ އިން ފުރުސަތު ނުދޭން ގޮވައިލަން ފެށުމާ އެކު "އޭ ދިލް ހޭ މުޝްކިލް" ރިލިޒްކުރަން ވެސް ޖެހުނީ ބޮޑެތި މައްސަލަތަކަކާ އެކީގަ އެވެ. އޭގެ ތެރޭގައި އެ ފިލްމުގައި ފަވާދުގެ އިތުރުން ޕާކިސްތާނުގެ އެހެން އެކްޓަރަކު ވެސް ހިމެނުމުން އެ ފިލްމާ ދެކޮޅަށް ބޮޑެތި މުޒަހަރާތަކެއް ވެސް ކުރި އެވެ. އެންމެ ފަހުން ކަރަން އަށް އެ ފިލްމު ރިލީޒްކުރަން ޖެހުނީ ޕާކިސްތާނުގެ ތަރިން ކުޅުނު ރޯލްތައް ވަރަށް ބޮޑަށް ކޮށާލައިފަ އެވެ.
"އޭ ދިލް ހޭ މުޝްކިލް" އާ އެކު ފަވާދުގެ ބޮލީވުޑްގައި ކެރިއަރުގައި ވެސް ސިއްކަ ޖެހުނީ އެވެ. އޭނާއަކީ ދެން ބޮލީވުޑްގެ ފިލްމުން ފެންނާނެ ކަމުގެ އުންމީދެއް ނެތް ތަރިއެކެވެ. އެކަހަލަ ދުވަހެއް އަޔަސް އަންނާނީ އިންޑިއާ އާއި ޕާކިސްތާނަށް އެއްގަލަކަށް އެރޭ ދުވަހަކުންނެވެ. އެކަމަކު އެއީ ވުމަށް ވުރުން ނުވުން ގާތް ކަމެކެވެ.
ދެތިން ފިލްމަކާ އެކު ފަވާދަށް ބޮލީވުޑް ކެރިއަރު ގެއްލުނަސް އޭނާ އަކީ އަދިވެސް ޕާކިސްތާނުގެ އެންމެ ނުފޫޒު ގަދަ އެއް ތަރިި އެވެ. އެންމެ ކާމިޔާބު އެއް ތަރި އެވެ.
ފަވާދުގެ ކުރިއަށް އޮތް ފިލްމަކީ ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރާ "ދަ ލެޖެންޑް އޮފް މޯލާ ޖަޓް" އެވެ. އޭނާ ވަރަށް ތަފާތު ލުކަކާ އެކު ފެނިގެންދާ މި އެކްޝަން ޑްރާމާގެ ޓީޒާ ޓްރެއިލާ އޮތީ އާންމުކޮށްފަ އެވެ.
މިހާތަނަށް ޕާކިސްތާނުގައި އެންމެ ބޮޑު ބަޖެޓަކުން ހެދި ފިލްމުގައި ފަވާދު ފެނިގެންދާނީ އޭނާއެކޭ އެއްގޮތަށް ބޮލީވުޑުން ލިބެމުން ދިޔަ ގިނަ ފުރުސަތުތައް ދޫކޮށްލަން ޖެހުނު މާހިރާ ހާނެވެ. އޭނާ އަކީ 2017 ގައި ރިލީޒްކުރި ޝާހްރުކް ޚާންގެ "ރައީސް" ގެ ބަތަލާ އެވެ.
ފަވާދާއި މާހިރާ އަކީ ޕާކިސްތާނުގެ އެންމެ މަގުބޫލު ސްކްރީން ޖޯޑެވެ. މި ދެ ތަރިންގެ ވިދުން ގަދަކޮށްލީ އެކީގައި 2011-2013 އަށް ކުޅުނު ސިލްސިލާ "ހަމްސަފަރު" އިންނެވެ. އަދި މިދިޔަ އޮގަސްޓް މަހު ރިލީޒްކުރި ފިލްމު "ޕަރޭ ހަޓް ލަވް" ގެ ހާއްސަ ފެނިލުމަކުން ވެސް ދެ ތަރިން އެކީގައި ފެނިފައިވެ އެވެ.
މިހާތަނަށް އަދި ފަވާދަށް މާ ގިނަ ފިލްމުތަކެއް ކުޅެވިފައެއް ނެތެވެ. އޭނާ ކުޅުނު ފިލްމުތަކުގެ އަދަދު އަދި އުޅެނީ އެންމެ 8 ގަ އެވެ. ސިލްސިލާތަކުގެ އަދަދު 13 އަށް އަރަ އެވެ.
ޕާކިސްތާނުގެ ލާހޯރަށް އުފަން ފަވާދު، 37، އަކީ ހަމައެކަނި އެކްޓަރެއް ނޫނެވެ. އޭނާ ޕްރޮފެޝަނަލްކޮށް ލަވަ ވެސް ކިޔަ އެވެ. ގައުމުތަކަށް ޓުއާތަކުގައި ވެސް ދެ އެވެ.
ފަވާދު އެނބުރި ބޮލީވުޑަށް އަންނަ ފިލްމުގެ ފަސްޓް ލުކް
ފަވާދު ހާން ދެން ކުޅެނީ ޝެފެއްގެ ރޯލު
ފަވާދު ހާން އެނބުރި ބޮލީވުޑަށް
ބޮލީވުޑް ވަރަށް މިސްވޭ: ފަވާދު
ފަވާދާއި ކެޓްރީނާގެ "ރާތު ބާކީ" އަށް އެހެން ކާސްޓެއް
މާހިރާގެ އާ ސިލްސިލާއެއް ހަމް ޓީވީ އަށް
މާވެލްގެ "މިސް މާވެލް" ގެ ރޯލެއް ފަވާދަށް
ޕާކިސްތާނުގެ "ޒިންދަގީ ގުލްޒާރު ހޭ" އަލުން ޒީޓީވީ އަށް
ވެކްސިނަށް ހުރަސް އެޅުމުން ފަވާދުގެ މައްސަލަ ޕޮލިހަށް
ބޮލީވުޑުން ބޭރުކޮށްލުމުން ފަވާދު ސިޔާސީ މައިދާނަށް