Roadha Mihaaru
އެޗްއާރުސީއެމަށް އާ ބޭފުޅަކު އައްޔަންކުރަން ރުހުން ދީފި

އެޗްއާރުސީއެމްގެ މެމްބަރަކަށް އާ ބޭފުޅަކު އައްޔަކުރަން މަޖިލީހުން ރުހުން ދީފި

14 ސެޕްޓެމްބަރ 2021

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް އާ ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް އާ ބޭފުޅަކު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ސީނިއާ ސްޓޭޓް އެޓާނީގެ މަގާމުގައި ހުންނެވި ސަމާއު އަހުމަދު ނަޖީބު، އެޗްއާރުސީއެމްގެ މެމްބަރަކަށް އައްޔަން ކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދިނީ ވޯޓުގައި ބައިވެރިވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

އެޗްއާރުސީއެމްގެ މެމްމަބަރަކަށް ވާން ޝައުގުވެރިވާ މީހުން ހޯދަން އިއުލާނު ކުރުމުން، ކުރިމަތިލީ މީހުންގެ ތެރެއިން 14 ނަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އެވެ. އެ ނަންތައް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދިރާސާކުރުމަށް ފަހު، ފާސްކުރީ އެޗްއާރުސީއެމްގެ މެމްބަރަކަށް ސަމާއު އައްޔަންކުރަން މަޖިލީހުގެ ރުހުން ހޯދަން ފޮނުވުމަށެވެ.

ސަމާއު ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ބެޗެލާ އޮފް ލޯ (އޮނާސް) ހާސިލު ކުރައްވައިފަ އެވެ. އަދި މެލްބަން ލޯ ސުކޫލުން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ކިޔަވައި ވިދާޅުވި އެވެ.

ސަމާއު، އެޓާނީ ޖެނެރަލް އޮފީހާ ގުޅިވަޑައިގެންނެވީ މެއި 6، 2015 ގަ އެވެ. ސިވިލް ލިޓިގޭޝަނާއި ގާނޫނީ ލަފާ ދެއްވުމާއި ގާނޫނު ޑްރާފްޓް ކުރެއްވުމުގެ މަސައްކަތް އެ އޮފީހުގައި އޭނާ ކުރެއްވި އެވެ.

ސަމާއު، މިހާރު މަސައްކަތް ކުރައްވަނީ އެޓާނީ ޖެނެރަލް އޮފީހުގެ ހިއުމަން ރައިޓްސް އެންޑް އިންޓަނޭޝަނަލް އެފެއާޒް ޑިވިޝަންގަ އެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލާން މި ފަހަރު ހުޅުވައިލީ އެ މަގާމުގައި ކުރިން ހުންނެވި ނައިވީން އަބްދުﷲ ގެ ދައުރު ހަމަވުމުންނެވެ.