Roadha Mihaaru
އެޗްއާރުސީއެމްގެ ރައީސަކަށް މުނާ، ނައިބަކަށް އަދުހަަމް

އެޗްއާރުސީއެމްގެ ރައީސަކަށް މުނާ، ނައިބަކަށް އަދުހަމްގެ ނަން ހަމަޖައްސަން މަޖިލިހަށް ފޮނުވައިފި

12 އޮކްޓޯބަރ 2021

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު މަރިޔަމް މުނާ އަދި ނައިބު ރައީސަކަށް އަހުމަދު އަދުހަމް އަބްދުﷲ އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެންފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެމްބަރު މަރިޔަމް މުނާ އަދި ނައިބު ރައީސަކަށް އަހުމަދު އަދުހަމް އަބްދުﷲ އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދިވަޑައިގެންފި އެވެ.

އެ ދެ ބޭފުޅުން އެ ދެ މަގާމަށް އައްޔަން ކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ނަންތައް ދިރާސާކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ފޮނުވައިފަ އެވެ. މުނާ އާއި އަދުހަމަށް މަޖިލީހުން ރުހުން ދޭނީ އެ ކޮމިޓީން ދިރާސާކޮށް، ގޮތް ނިންމުމުންނެވެ.

ގާނޫނުގައިވާ ގޮތުން، އެޗްއާރުސީއެމްގެ ރައީސާއި ނައިބު ރައީސް ހޮވާނީ އެ ކޮމިޝަންގައި ތިއްބަވާ ފަސް މެމްބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކުގެ ތެރެއިންނެވެ. ނަމަވެސް ރައީސް ގޮތެއް ނިންމަވާނީ މަޖިލީހުގެ ރުހުމާއެކު އެވެ.

އެޗްއާރުސީއެމްގެ ރައީސާއި ނައިބު ރައީސް އައްޔަން ނުކުރެވި ގިނަ ދުވަސް ވީ އެ ކޮމިޝަނުގައި ތިބެންޖެ ހޭ އަދަދަށް މެންބަރުން ހަމަނުވެގެންނެވެ.

މިދިޔަ އަހަރު ނިމުނު އިރު އެ ކޮމިޝަންގައި ތިބީ ހަތަރު މެންބަރުންނެވެ. އެއެޗްއާރުސީއެމްގެ މެމްބަރަކަށް އާ ބޭފުޅަކު އައްޔަކުރަން މަޖިލީހުން ރުހުން ދިނީ މިދިޔަ މަހު ކަމަށް ވާއިރު، އެ ކޮމިޝަނަށް މެމްބަރުން ހަމަވީ އެ ހިސާބުން ފެށިގެންނެވެ.