Roadha Mihaaru
އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެހީ ހަތް ޖަމިއްޔާއަކަށް

އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެހީ ހަތް ޖަމިއްޔާއަކަށް

26 ފެބުރުއަރީ 2017

އަލިފުޅު ތުއްތު ފައުންޑޭޝަން (އޭއެފްޓީއެފް)ގެ އެހީ ހަތް ޖަމިއްޔާއަކަށް، މިއަދު ހަވާލުކޮށްދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަލިފުޅު ތުއްތު ފައުންޑޭޝަން (އޭއެފްޓީއެފް)ގެ އެހީ ހަތް ޖަމިއްޔާއަކަށް، މިއަދު ހަވާލުކޮށްދީފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޖަމިއްޔާތަކާ ލިޔުން ހަވާލުކޮށްދެއްވީ، އަލިފުޅު ތުއްތު ފައުންޑޭޝަންގެ މެމްބަރު މުހައްމަދު ސަލީމް އަބްދުއްސައްތާރެވެ.

އޭއެފްޓީއެފް އިން އެހީ ދިން ހަތް ޖަމިއްޔާ

1) ޔޫޑަބްލިއުސީ މޯލްޑިވްސް

2) ޖާނީ

3) ކެއާ ސޮސައިޓީ

4) މޯލްޑިވިއަން ރެޑް ކްރެސެންޓް

5) މޯލްޑީވްސް އޯޓިޒަމް އެސޯސިއޭޝަން

6) ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް

7) ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)

އަލިފުޅު ތުއްތު ފައުންޑޭޝަނުން ހަތް ޖަމިއްޔާއަކަށް އެހީ ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރެޑް ކްރެސެންޓުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަލިފުޅު ތުއްތު ފައުންޑޭޝަނުން ހަތް ޖަމިއްޔާއަކަށް އެހީ ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރެޑް ކްރެސެންޓުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭއެފްޓީއެފް އިން ބުނީ އެ ހަތް ޖަމިއްޔާގެ މި އަހަރުގެ އެކި ޕްރޮގްރާމްތަކަށް 3.3 މިލިއަން ރުފިޔާ ހަރަދުކުރަން ހަމަޖައްސާފައިވާ ކަމަށެވެ.

ޔޫޑަބްލިއުސީއަށް މި އަހަރު ދޭ އެހީގެ ތެރޭގައި ވެސް ހިމެނެނީ، ޔޫޑަބްލިއުސީ ސްކޮލަޝިޕްގައި ދާ ތިން ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިއީ އެ ފައުންޑޭޝަނުން 2000 ވަނަ އަހަރުން ފެށިގެން ޔޫޑަބްލިއުސީއަށް ދެމުން އަންނަ އެހީއެކެވެ. އެ ސްކޮލަޝިޕްގެ ދަށުން މިހާތަނަށް 44 ދަރިވަރުން ތައުލީމް ހާސިލްކޮށްފައިވާއިރު މިވަގުތު ވެސް، ހަތަރު ދަރިވަރަކު އަންނަނީ އެކި ގައުމުތަކުގައި ތައުލީމް ހާސިލްކުރަމުންނެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކޮށްދިނުމުގެ މަސައްކަތް ކުރަމުން ޖާނީއަށް ވެސް އެކި ހަރަކާތް ހިންގުމަށާއި އެޗްއައިވީއަށް ޓެސްޓު ކުުރުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް އަލިފުޅު ތުއްތު ފައުންޑޭޝަނުން އެހީތެރިކަން ހިމެނެ އެވެ. އަދި ކެއާ ސޮސައިޓީން ހަދާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކްލިނިކް ހެދުމަށް ވެސް އެ ފައުންޑޭޝަން އިން އެހީވާނެ އެވެ.

އަލިފުޅު ތުއްތު ފައުންޑޭޝަނުން  ހަތް ޖަމިއްޔާއަކަށް އެހީ ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވި ބައެއް ބޭފުޅުން.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އަލިފުޅު ތުއްތު ފައުންޑޭޝަނުން ހަތް ޖަމިއްޔާއަކަށް އެހީ ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވި ބައެއް ބޭފުޅުން.--ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޒަމާނީ ވަސީލަތްތަކާ އެކު އޯޓިޒަމް ކުދިންނަށް ކިޔަވައިދޭން އިންޓަރެކްޓިވް މާހައުލެއް އުފެއްދުމަށް އޭއެފްޓީއެފް އިން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ) އަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ކެންސާ ސޮސައިޓީން ހިންގާ ހެލްތު އޮފިޝަލުން ތަމްރީނުކުރުމުގެ ޕްރޮގްރާމަށް ވެސް އެ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

ރެޑް ކްރެސެންޓުން މި އަހަރު ހދ. ނޮޅިވަރަމުގައި ހިންގަން ނިންމާފައިވާ ޕަމްޕު ހައުސެއް ބިނާ ކުރުމުގެ މަޝްރޫއަށް އޭއެފްޓީއެފް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

މިއީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް، މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތް ކުރުމުގެ ހިތްވަރު ދިނުމުގެ ގޮތުން އެ ފައުންޑޭޝަނުން ދެމުން އަންނަ އެހީއެކެވެ.