ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެވޯޑު އަލިފުޅު ތުއްތު ފައުންޑޭޝަނަށް މިއަދު ލިބިއްޖެ އެވެ.
25 ސެޕްޓެމްބަރ 2016
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ އެވޯޑު އަލިފުޅު ތުއްތު ފައުންޑޭޝަނަށް މިއަދު ލިބިއްޖެ އެވެ.
އެ ފައުންޑޭޝަނާ މި އެވޯޑު ހަވާލުކޮށްދެއްވީ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް އަބްދުﷲ ޖިހާދެވެ. ފައުންޑޭޝަންގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގެންނެވީ ޕްރޮގްރާމް މެނޭޖަރު އާސިމާ ލުތުފީ އެވެ.
އަލިފުޅު ތުއްތު ފައުންޑޭޝަނުން އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ކެއާ ސޮސައިޓީ އަދި އޯޓިޒަމް އެސޯސިއޭޝަނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ދެ ޖަމިއްޔާއިން ހިންގަމުން އަންނަ އެކި ޕްރޮގްރާމްތަކާއި ކޭމްޕުތަކާއި ދަތުރުތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. މީގެ އިތުރުން ކެއާ ސޮސައިޓީ ސެންޓަރު އަލުން ހުޅުވުމުގައި ވެސް އަލިފުޅު ތުއްތު ފައުންޑޭޝަނުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކޮށްލެވެ އެވެ.
ރާއްޖޭގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމުގެ މަގުސަދުގައި 2000 ވަނަ އަހަރު އުފެއްދި ފައުންޑޭޝަނުން އަންނަނީ އެކި ރަށްރަށުގައި މިސްކިތްތަކާއި ފެނާއި ނަރުދަމާ ވެސް ގާއިމްކޮށްދެމުންނެވެ. އަދި ކޮންމެ އަހަރަކު ވެސް މަދުވެގެން ދިވެހި ދެ ދަރިވަރަކަށް ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަށް ސްކޮލަޝިޕް ދެ އެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާތަކަށް ވެސް އެކި ގޮތްގޮތުން އަލިފުޅު ތުއްތު ފައުންޑޭޝަނުން އެހީވެ އެވެ.
ކެއާ ސޮސައިޓީގެ ހިދުމަތްތައް ފުޅާކުރަނީ
މި ކުދިންގެ ހިތްދަތި ވާހަކަ: ނުކުޅެދެނީ ކޮންބައެއް؟
އަލިފުޅު ތުއްތު ފައުންޑޭޝަންގެ އެހީ ހަތް ޖަމިއްޔާއަކަށް
އައިއޭސީގެ އޮޑިޓު ރިޕޯޓުތައް ނެރެން ފަށައިފި
ޖަމިއްޔާތަކަށް ތުހުމަތު ކުރެވެނީ ހާމަކަން ނެތުމުން
ދިވެހި ޖަމިއްޔާއަކުން ޣައްޒާގެ އަންހެނުންނަށް ޕެޑް ދެނީ
އޯޓިޒަމްގެ ކުށްހީ ފިލުވަން ބުރަ މަސައްކަތްކުރަންޖެހޭ
އިންއެކްޓިވް ޖަމިއްޔާތަކަށް އިތުރު ފުރުސަތު ދެނީ
އެޓްމޮސްފިއާފައުންޑޭޝަނަށް ތިން އަހަރު ފުރުން ފާހަގަށްފި
ގާނޫނުއަސާސީއަށް ގެނައި ބަދަލަށް ޖަމްއިއްޔާތައް ދެކޮޅު