Roadha Mihaaru
ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ ހީނާ ބޯ ބާލައިފި

ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ ހީނާ ބޯ ބާލައިފި

03 އޯގަސްޓް 2024

ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ އިންޑިއާގެ ޓީވީ އެކްޓްރެސް ހީނާ ހާން އޭނާގެ ބޯ ބާލައިފި އެވެ.

ކެންސަރާ ހަނގުރާމަ ކުރަމުން އަންނަ އިންޑިއާގެ ޓީވީ އެކްޓްރެސް ހީނާ ހާން އޭނާގެ ބޯ ބާލައިފި އެވެ.

ހީނާގެ އިންސްޓަގްރާމް ޕޯސްޓެއްގައި އޭނާ ބުނީ ކެންސަރަށް ފަރުވާކުރާތީ އޭނާގެ ބޮލުން މިހާރު ވަރަށް ގިނައިން އިސްތަށި ފައިބާ ކަމަށެވެ. އެކަމާ ވަރަށް ބޮޑަށް ދެރަވެ، ކަންބޮޑު ވާތީ ބޯ ބާލަން ބޭނުންވީ ކަމަށް އޭނާ ބުންޏެވެ.

"ކެންސަރާ ކުރާ މި ހަނގުރާމަ ކާމިޔާބު ވާނީ ކެރިގެން ކުރިމަތިލައިގެން. އެހެންވީމަ އަމިއްލަ ނަފުސާ މެދުގައި ޕޮޒިޓިވްކޮށް ވިސްނައިގެން ކުރިއަށް ދާންވީ. އެނގޭ މިއީ ވަރަށް ސްޓްރެސްފުލް ކަމެއް ކަން ވެސް އެކަމަކު ހިތްވަރު އެލުވާނުލާތި،" ހީނާ ބުންޏެވެ.

"އެމީހެއްގެ ނަފުސާނީ ދުޅަހެޔޮކަން ރަނގަޅުވި ވަރަކަށް ޖިސްމާނީ ދުޅަހެޔޮކަން ވެސް ދެމެހެއްޓޭނީ."

ހިންދީ ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި އަށް އުރަމަތީ ކެންސަރު ޖެހިގެން ފަރުވާ ހޯދަން ފެށި ކަމަށް އޭނާ ބުނީ މިދިޔަ ޖޫން މަހު އެވެ. ކެންސަރު ޖެހުނުކަން އެނގުނު އިރު އޭނާ ހުރީ ސްޓޭޖު ތިނެއްގަ އެވެ. އޭގެ ފަހުން އޭނާ ފަރުވާ ފަށާފައިވާއިރު، އިންސްޓަގްރާމް މެދުވެރިކޮށް، މި އުނދަގޫ ދަތުރުގައި އޭނާ ތަހައްމަލުކުރަމުންދާ ކަންކަން ފޭނުންނާ އަންނަނީ ހިއްސާކުރަމުންނެވެ.

ހީނާ އެންމެ ބޮޑަށް މަޝްހޫރުވީ ސްޓާ ޕްލަސްގެ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގެ "އަކްޝަރާ"ގެ ރޯލުންނެވެ. އަދި ޓިވީ ސިލްސިލާ "ކަސައުޓީ ޒިންދަގީ ކީ 2"ގެ "ކޮމަލިކާ"ގެ ރޯލު ވެސް އޭނާ ކުޅުނެވެ. ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް އޭނާ މަސައްކަތް ކުރި އެވެ.