Roadha Mihaaru
ސްކޭމްގެ ތުހުމަތެއްގައި މީހަކާ ދެކޮޅަށް އަޑުއުފުލަނީ

އޮޅުވާލައިގެން ފައިސާ ހޯދި ކަމަށް ތުހުމަތުކޮށް، މީހަކާ ދެކޮޅަށް ބަޔަކު އަޑުއުފުލަނީ

12 އޯގަސްޓް 2024

ކެންސަރު ޖެހިގެން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި ކަމަށް މީހެއްގެ މައްޗަށް ތުހުމަތުކޮށް، އޭނާ ދިރިއުޅޭ ގެ ކައިރިއަށް ބަޔަކު އެއްވެ، މިރޭ އަޑު އުފުލަން ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކެންސަރު ޖެހިގެން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި ކަމަށް މީހެއްގެ މައްޗަށް ތުހުމަތުކޮށް، އޭނާ ދިރިއުޅޭ ގެ ކައިރިއަށް ބަޔަކު އެއްވެ، މިރޭ އަޑު އުފުލަން ފަށައިފި އެވެ.

މާލޭ އަސްޑާ ކެފޭ ކައިރީގައި ހުންނަ އެ ގެ ކައިރިއަށް ބަޔަކު އެއްވެ، އަޑު އުފުލަމުން އަންނަތާ މިހާރު ގަޑިއެއްހާއިރު ވެއްޖެ އެވެ.

ފުލުހުން ބުނީ ގ. އަސްޑާ ކެފޭ ހުންނަ ހިސާބުގައި މިރޭ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށެވެ.

"އެމީހުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނީ ދެ މީހެއްގެ މެދުގައި ހިނގާފައިވާ ފައިސާގެ މުއާމަލާތަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

އެ ގެ ކައިރިއަށް އެއްވެފައިވާ މީހުން ދަނީ ޓިކްޓޮކްގައި ވެސް މި މަންޒަރު ލައިވް ކުރަމުންނެވެ.

ޓިކްޓޮކް ލައިވްގައި ބައެއް މީހުން ބުނި ގޮތުގައި، ކެންސަރު ޖެހިގެން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދީ އަންހެނެކެވެ. އެ ސްކޭމްގައި ޖެހުނީ މި އަންހެން މީހާއާ ގާތް ގުޅުމެއް ބޭއްވި ފިރިހެނެކެވެ. އަންހެން މީހާ އަކީ އެހެން މީހަކާ ކައިވެނި ކޮށްގެން ވެސް އުޅޭ މީހެއް ކަމަށާއި އަދި ސްކޭމްގައި ޖެހުނު ފިރިހެން މީހާ އަތުން 300،000ރ. އޮޅުވާލައިގެން ނެގި ކަމަށް ވެސް އެ މީހުން ތުހުމަތު ކުރެ އެވެ.

އަންހެން މީހާ އެ ފައިސާ ޖަމާކުރީ އޭނާގެ ފިރިމީހާ އާއި ކޮއްކޮގެ އެކައުންޓަށް ކަމަށް ވެސް ޓިކްޓޮކް ލައިވްގައި ބައެއް މީހުން ބުންޏެވެ.