02 މާޗް 2023
ވަގު ޓީޓީ ބޭނުންކޮށްގެން ރާއްޖެއަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކުރީ މީގެ ކުރިން ވެސް މަކަރާއި ހީލަތުގެ މައްސަލަތަކުގައި ހިމެނިފައިވާ ހުސައިން ޝިފާއު ކަމަށާއި އޭނާ މިފަހަރު ވަގު ޓީޓީ ބޭނުންކޮށްގެން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މޭވާ އާއި ތަރުކާރީ އެތެރެކޮށްފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
ވަގު ޓީޓީ ބޭނުންކޮށްގެން ރާއްޖެއަށް މުދާ އެތެރެކުރުމުގެ ތުހުމަތަށް ހައްޔަރުކުރީ މީގެ ކުރިން ވެސް މަކަރާއި ހީލަތުގެ މައްސަލަތަކުގައި ހިމެނިފައިވާ ހުސައިން ޝިފާއު ކަމަށާއި އޭނާ މިފަހަރު ވަގު ޓީޓީ ބޭނުންކޮށްގެން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މޭވާ އާއި ތަރުކާރީ އެތެރެކޮށްފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ފުލުހުން ހޯދަން އިއުލާނު ވެސް ކޮށްފައިވާ މީހެއް ކަމަށްވާ ޝިފާއު މި މަހުގެ 28 ވަނަ ދުވަހު ހީލަތުގެ އެހެން މައްސަލައެއްގައި ހައްޔަރުކޮށް ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިޔައިރު ފުލުހުން ވަނީ މައްސަލައިގެ ބައެއް ތަފްސީލް ހާމަކޮށްފަ އެވެ.
ފުލުހުން ކޯޓުގައި ބުނި ގޮތުގައި ބޭރުން މުދާ ގަތުމަށް، އެކި ފަހަރުމަތިން ޝިފާއު ފޮނުވާފައިވަނީ ސައްހަ ނޫން ޓީޓީ ކަމަށް ބޭންކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ބައެއް ޓީޓީތަކުގައި ބޭނުންކޮށްފައިވަނީ ޝިފާއު ނިސްބަތްވާ ވިޔަފާރިއެއްގެ ނަން ކަމަށާއި އެ ޑޮކިއުމެންޓްތަކުގައި ޝިފާއުގެ ނަމާއި ފޯނު ނަންބަރު ކަމަށް ވެސް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
ޝިފާއު އުޅޭ ތަން ފާސްކޮށް ހައްޔަރުކުރުމަށް ފަހު ބަންދަށް 15 ދުވަސް ދިން އަމުރުގައި ބުނެފައިވަނީ ޝިފާއު އަކީ މޭވާ އާއި ތަރުކާރީ އެތެރެކޮށްގެން ވިޔަފާރިކުރާ މީހެއް ކަމަށާއި މިފަހަރު ސައްހަ ނޫން ޑޮކިއުމަންޓްތައް ބޭނުންކޮށްގެން އެތެރެކުރި މޭވާ އާއި ތަރުކާރީގެ އަގު ތިން މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށެވެ.
ފުލުހުން ކޯޓުގައި ބުނި ގޮތުގައި ޝިފާއުއާ ގުޅޭ މިފަދަ އެހެން މައްސަލަތަކެއް ވެސް ތަހުގީގުކުރަމުން އަންނަ ކަމަށާއި ޝިފާއުގެ މައްޗަށް މިފަހަރު ތުހުމަތުވާ މައްސަލާގައި އޭނާގެ އިތުރުން އެހެން ބަޔަކު ވެސް ބައިވެރިވާ ކަމަށް ބެލެވޭ ކަމަށެވެ.
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި
ސްކޭމްގެ ތުހުމަތެއްގައި މީހަކާ ދެކޮޅަށް އަޑުއުފުލަނީ
ބައި މިލިއަންގެ ސްކޭމެއް، 22 ފޯނު އަތުލައިގެންފި
ދުވަސްވީ މީހުންގެ އަތުން ފޭރޭ މައްސަލަތައް އިތުރުވަނީ
ބައްސާމްގެ ޕެންޓްހައުސް ޕޮލިހާ ހަވާލުކުރަން އަންގައިފި
ބަރަހަނާ މަންޒަރުތައް އާންމުކުރީ ވަނަވަރު އެނގޭ ގޮތަށް
ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަނީ
އެކައުންޓްތަކުގައި އަތްލުމުގެ ބާރު ފުލުހުންނަށް ދޭންވީ؟
ސްކޭމެއްގައި 1.8 މިލިއަން، އަދަބަކީ ޖޫރިމަނާއެއް