07 އޮކްޓޯބަރ 2024
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމަންޓް ހަވާލުކުރަން ދިން މުއްދަތު އިތުރުކޮށްދިނުމުން އާންމުންގެ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ފުލުހުންގެ ނިންމުން ބަދަލުކޮށް މާދަމާގެ ނިޔަލަށް އެ ތަންތަން ހަވާލުކުރަން މިއަދު އަންގައިފި އެވެ.
އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަނެފައިވާ ދެ އެޕާޓްމަންޓް ހަވާލުކުރަން ދިން މުއްދަތު އިތުރުކޮށްދިނުމުން އާންމުންގެ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް ފުލުހުންގެ ނިންމުން ބަދަލުކޮށް މާދަމާގެ ނިޔަލަށް އެ ތަންތަން ހަވާލުކުރަން މިއަދު އަންގައިފި އެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގެ ދަށުން ބައްސާމުގެ ދެ އެޕާޓްމަންޓް ހަ ދުވަހުގެ ތެރޭގައި ހުސްކުރަން މިދިޔަ މަހުގެ 28 ވަނަ ދުވަހު އޭނާއަށް އެންގި ކަމަށެވެ. ނަމަވެސް، އެ މުއްދަތު އިތުރުކޮށްދޭން އޭގެ އަނެއް ދުވަހު ބައްސާމް އެ އިދާރާގައި އެދުނު ކަމަށް ފުލުހުން ބުންޏެވެ.
ބައްސާމް އެދުނު ކަންކަމަށް ރިއާޔަތްކުރުމަށް ފަހު އެ މުއްދަތު އިއްޔެގެ ނިޔަލަށް އިތުރުކޮށްދިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައިވާ ގޮތުގައި، އިއްޔެގެ ނިޔަލަށް މުއްދަތު އިތުރުކޮށްދޭން ބައްސާމް އެ އިދާރާގައި އެދިފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ނަމަވެސް، ފުލުހުން ބުނީ އެ އިދާރާއިން ބެލިބެލުމުން ބައްސާމް އެދިފައިވާ ގޮތަށް މުއްދަތު ދެން އިތުރުކޮށްދެވެން ނެތް ކަމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެ ދެ އެޕާޓްމަންޓް ހުސްކޮށް ހަވާލުވުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މާދާމާ ރޭ 12:00 އާ ހަމައަށް ބައްސާމްގެ ދެ އެޕާޓްމަންޓް ހަވާލުނުކޮށްފި ނަމަ، ގާނޫނީ އިމުގެ ތެރެއިން އެ ތަންތަން ފުލުހުންގެ ބެލުމުގެ ދަށަށް ނެގުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ބައްސާމްގެ އެޕާޓްމަންޓް އަތުލުން މި މަހުގެ ނިޔަލަށް ފަސްކުރަން ކުރިން ނިންމުމުން އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ފުލުހުންނަށް އަމާޒުވި އެވެ.
ބައްސާމްގެ އެޕާޓްމެންޓް އަތުލުން ފަސްކުރުމުން ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް https://t.co/O0pga9JMex
— Mihaaru (@Mihaarunews) October 7, 2024
މި ދެ އެޕާޓްމަންޓް ބައްސާމް ގަނެފައި ވަނީ ކޮވިޑުގެ ދުވަސްވަރު، ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަތުމަށް ފީފާއިން އެފްއޭއެމްއަށް ދޫކުރި ލޯނު ފައިސާއިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، އެ ދެ ޕެންޓްހައުސް ނުވަތަ އެޕާޓްމަންޓް ގަތުމަށް ބައްސާމް ވަނީ އެފްއޭއެމްގެ ފައިސާއިން އެއް މިލިއަން އެމެރިކާ ޑޮލަރު އަމީން ކޮންސްޓްރަކްޝަނަށް ދައްކައިފަ އެވެ. އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އަމިން އިން އެފްއޭއެމަށް ދައްކާފައިނުވާ ކަމަށާއި ނަމަވެސް ފައިސާ ދެއްކި ކަމަށް ހެދުމަށް ލިޔެކިޔުން ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ ފައިސާ ލިބުނު ކަމަށް ހެދުމަށް އެފްއޭއެމުން ވެސް އެހެން ކުންފުންޏަކުން ލޯނެއް ނަގާފައިވާ ކަމަށާއި އެ އަދަދާއި، އަމިން އިން އެފްއޭއެމަށް ފައިސާ ދެއްކި ކަމަށް ބުނެ ތައްޔާރުކޮށްފައިވާ ރިސިޓްތަކުގެ އަދަދާ ދިމާވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެހެންވެ، ފުލުހުން ބުނި ގޮތުގައި، ބެލެވެނީ އެފްއޭއެމުން މަސައްކަތްކޮށްފައި ވަނީ ބައްސާމް އެޕާޓްމަންޓް ގަތުމަށް އަމިން އަށް ޑޮލަރުން ދެއްކި ފައިސާއަކީ ޑޮލަރު މާރުކުރަން ދިން ފައިސާއެއްކަން ދެއްކުމެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ބައްސާމްގެ މައްޗަށް ދައުވާކޮށްދޭން ވެސް ޕީޖީ އޮފީހުގައި މިދިޔަ މަހު އެދިފަ އެވެ. އަދި އަމީން ކޮންސްޓްރަކްޝަނާއި އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލާއި އެ އެސޯސިއޭޝަނުގައި އޭރު މަސައްކަތްކުރި ހަސަން ވަހީދަށް ވެސް ދައުވާކޮށްދޭން އެދިފައިވެ އެވެ.
ބައްސާމްގެ ޕެންޓްހައުސް ޕޮލިހާ ހަވާލުކުރަން އަންގައިފި
އެފްއޭއެމްގެ ހިޔާނާތް:އަމިން ކޮންސްޓްރަކްޝަނަށް ތުހުމަތު
ވަގު ސްލިޕް ހަދަން ހާއްސަ އެޕެއް، ސަމާލުވާން އެދެފި
ސްކޭމްގެ ތުހުމަތެއްގައި މީހަކާ ދެކޮޅަށް އަޑުއުފުލަނީ
ބައި މިލިއަންގެ ސްކޭމެއް، 22 ފޯނު އަތުލައިގެންފި
10000 ޑޮލަރުގެ މައްސަލާގައި ބައްސާމަށް ދައުވާކުރަނީ
މަންޑޭގެ އަގު ބޮޑު މުދާ އެއް އަހަރަށް ހިފަހައްޓައިފި
މަންޑޭގެ އެޕާޓްމެންޓާއި އަގުބޮޑު މުދާތައް ހިފަހައްޓަނީ
ވަގު ޓީޓީގައި ތިން މިލިއަން ރުފިޔާގެ މުދާ އެތެރެކުރި
ބައްސާމްގެ ފްލެޓް އަތުލުން ފަސްކުރުމުން ފާޑުކިޔުން