މާލެ އަށް މިއަދު ބޯކޮށް ވާރޭ ވެހެމުންދާތީ، މާލޭގެ މަގުތަކުގައި ބަރު ވެހިކަލްތައް ނުދުއްވަން ފުލުހުން ދެންމެ އެދިއްޖެ އެވެ.
13 އޯގަސްޓް 2024
މާލެ އަށް މިއަދު ބޯކޮށް ވާރޭ ވެހެމުންދާތީ، މާލޭގެ މަގުތަކުގައި ބަރު ވެހިކަލްތައް ނުދުއްވަން ފުލުހުން ދެންމެ އެދިއްޖެ އެވެ.
ފުލުހުން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެ އަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން ދާތީ، މަގުތަކުން ފެން ހިނދި އާންމު ހާލަތަކަށް ދެވެންދެން، ބަރު ވެހިކަލްތައް ނުދުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ހަތަރު ފުރޮޅުލީ ވެހިކަލްތައް ޒަރޫރީ ބޭނުންތަކުގައި ނޫނީ ނުދުއްވުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި، މަގުތަކުގައި ވަރަށް ބޮޑަށް ފެން ހެދިފައި އޮތުމުގެ ސަބަބުން ބޮޑެތި ވެހިކަލްތައް ދުއްވުމުގެ ސަބަބުން ބާނި އުފެދި، ގޭގެ އަށް ދަނީ ފެން ވަންނަމުންނެވެ. އަދި މަގުތަކުގައި ޕާކުކޮށްފައި ހުންނަ ސައިކަލުތައް ވެއްޓުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ.
ކާރު ދުއްވާ ފަރާތްތަކުން މިކަންކަމަށް ވިސްނާލައިގެން ދުއްވާލައްޗޭ. pic.twitter.com/EaRdX3GC8q
— SHAFRAZ (Voice.mv) ?? (@XefroX) August 13, 2024
މިއަދު ހެނދުނުން ފެށިގެން މާލެ އަށް ވެހެމުންދާ ބޯ ވާރޭގައި މަގުތަކުގައި ފެންބޮޑުވެ، އެތައް ބަޔަކަށް ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. މާލޭގައި ގާތްގަނޑަކަށް ހުރިހާ މަގެއްގައި މިހާރު ވަނީ ފެންބޮޑުވެފަ އެވެ.
މާލެ އަށް ބޯކޮށް ވާރޭ ވެހެން ފެށީ މިއަދު ހެނދުނު 11 ޖަހާކަށް ހާއިރެވެ. މެޓް އޮފީހުން ދެންމެ ވަނީ ކ. އަތޮޅުން ފެށިގެން އދ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. މި އެލާޓް ނެރެފައި ވަނީ މިއަދު އިރުއޮއްސި 6:15 އާ ހަމަ އަށެވެ.
ފުލުހުން ބުނީ ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި ބޯކޮށް ވާރޭވެހި، މާލެ އާއި ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަންނަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެހެންވެ، ފެން ހިންދުމުގެ މަސައްކަތުގައި ފުލުހުން ބައިވެރިވެ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ވާރޭވެހި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ވެސް އަންނަނީ ކުރަމުންނެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެ، މި ދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ވަނީ ގޯސްވެފަ އެވެ. މިހާރު މޫސުން އެންމެ ގޯހީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. މެޓުން އިއްޔެ ވަނީ ހަތަރު ގަޑިއިރަށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖު އެލާޓް ވެސް ނެރެފަ އެވެ. އެ ހިސާބުގެ ބައެއް ރަށްތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެގެން އެންޑީއެމްއާ އަށް ރިޕޯޓު ވެސް ކޮށްފައިވެ އެވެ.
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
މާލޭގެ ގޭގޭގައި ނަޖިސް ލީކުވެ ދިރިއުޅުމަށް ދަތިވެއްޖެ
ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހުވަދުއަށް އޮރެންޖު އެލާޓް
ފެން ހިނދެންދެން ބަރު އުޅަނދު ނުދުއްވަން އެދިއްޖެ
މުޅި މާލޭގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެއްޖެ
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ