މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީ، އާއްމު ހާލަތަށް ބަދަލުވަން ދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވަން ފުލުހުން އިލްތިމާސްކޮށްފި އެވެ.
03 ޖެނުއަރީ 2025
މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާތީ، އާއްމު ހާލަތަށް ބަދަލުވަން ދެން މަގުތަކުގައި ބަރު އުޅަނދު ނުދުއްވަން ފުލުހުން އިލްތިމާސްކޮށްފި އެވެ.
އެ އިދާރާއިން ނެރުނު އެލާޓުގައި ބުނީ މަގުތަކުގައި ފެން ބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ. އެހެންވެ، ފެންގަނޑު ހިނދި، އާއްމު ހާލަތަށް ބަދަލުވަންދެން ބަރު އުޅަނދު ނުދުއްވަން ވަނީ އެދިފަ އެވެ.
ކޮންމެހެން ބޭނުން ޖެހިގެން ނޫން ގޮތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ނުދުއްވަން ވެސް ފުލުހުން އެދެ އެވެ.
ބޯކޮށް ވާރޭވެހި މާލޭގެ މަގެއްގައި ފެންބޮޑުވެފައި. -- ފޮޓޯ: އަލީ ނިޝާން | މިހާރު
މެދުނުކެނޑި ވެހެނު ބޯ ވާރޭވޭގައި މުޅި މާލޭގައި ވަނީ ފެންބޮޑުވެފަ އެވެ. ބައެއް ގޭގެއާއި ފިހާރަތަކަށް ފެން ވަދެގެން ފުލުހުންނާއި ސިފައިން ދަނީ އެ ތަންތަނުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
ވިއްސާރައާ ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ އެލާޓް ނެރެފަ އެވެ. އޭގެ ތެރެއިން، ހއ. އަތޮޅުން ފެށިގެން ރ. އަތޮޅުގެ ހިސާބަށް ހުދު އެލާޓް އަދި ބ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މެޓުން ވަނީ މިރޭ 11:00 ޖަހަންދެން ރީނދޫ އެލާޓް ނެރެފަ އެވެ.
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
މުޅި މާލޭގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެއްޖެ
މާލޭގައި ބަރު ވެހިކަލް ނުދުއްވަން އެދިއްޖެ
ގަދަ ހޫނަށް ފަހު ކުރި ވިއްސާރާގައި މާލެ ހުއްޓުމަކަށް
ނައިފަރުގެ ބައެއް ގޭގެއަށް ފެން ވަދެ ގެއްލުން ވެއްޖެ
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް އޮރެންޖު އެލާޓް!