Roadha Mihaaru
ލާފިން ގޭސް ބޭނުންކުރުމުން ބިސޫމާ ސަސްޕެންޑް ކޮށްފި

ލާފިން ގޭސް ބޭނުންކުރާ ވީޑިއޯއާ އެކު ޓޮޓެންހަމްގެ ބިސޫމާ ސަސްޕެންޑްކޮށްފި

16 އޯގަސްޓް 2024

ލަންޑަން (އޮގަސްޓް 15) - ފުއްޕާހަމަކުން ނައިޓްރަސް އޮކްސައިޑް ނުވަތަ ލާފިން ގޭސް އަނގަޔަށް އަޅައިގެން މަޖާކުރަނިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ވައިވެސް ބިސޫމާ، އޭނާގެ ސްނެޕްޗެޓުގައި އާއްމުކުރި ވީޑިއޯއަކާ ގުޅިގެން ކުލަބުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.

ލަންޑަން (އޮގަސްޓް 15) - ފުއްޕާހަމަކުން ނައިޓްރަސް އޮކްސައިޑް ނުވަތަ ލާފިން ގޭސް އަނގަޔަށް އަޅައިގެން މަޖާކުރަނިކޮށް، އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ވައިވެސް ބިސޫމާ، އޭނާގެ ސްނެޕްޗެޓުގައި އާއްމުކުރި ވީޑިއޯއަކާ ގުޅިގެން ކުލަބުން އޭނާ ސަސްޕެންޑް ކޮށްފި އެވެ.

ނައިޓްރަސް އޮކްސައިޑް އަކީ މިދިޔަ އަހަރުން ފެށިގެން އިނގިރޭސި ވިލާތުގެ ގާނޫނުން މަނާކޮށްފައިވާ ކްލާސް ސީ ޑްރަގެކެވެ. އަދި މިއީ ދެ އަހަރުގެ ޖަލު ހުކުމެއް ވެސް އައުން އެކަށީގެންވާ ކުށެކެވެ.

ބިސޫމާ ވަނީ އޭނާގެ އެ އަމަލަށް މާފަށް އެދިފަ އެވެ. އަދި އެއީ އޭނާގެ ފަރާތުން ފެނުނު ފަރުވާކުޑަ އަމަލެއް ކަމަށް ވެސް އުމުރުން 27 އަހަރުގެ މިޑްފީލްޑަރު ވަނީ އެއްބަސްވެފަ އެވެ.

މި އަމަލު ތަހުގީގު ކުރުމަށް ފަހު ޓޮޓެންހަމުން ވަނީ އޭނާ އެއް މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. މިއާ އެކު ހޯމަ ދުވަހުގެ ރޭ ޓޮޓެންހަމުން ކުޅޭ އާ ސީޒަންގެ ފުރަތަމަ މެޗުގައި ބިސޫމާ އަށް ނުކުޅެވޭނެ އެވެ. އެ ރޭ ޕްރިމިއާ ލީގުގައި އެޓީމުގެ ފުރަތަމަ މެޗުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ނުކުންނާނެ އެވެ.

"އޭނާ އަކީ މި ކްލަބްގެ ކުޅުންތެރިއެއް. ކުލަބަށާއި ކުޅުންތެރިން އަދި ސަޕޯޓަރުންނަށް އޭނާ އަދާކޮށްދޭން ޖެހޭ ޒިންމާތަކެއް ހުރޭ. އެ ކަންކަމުން އޭނާ ވަނީ ފެއިލް ވެފައި،" ޓޮޓެންހަމްގެ ކޯޗު އެންޖީ ޕޮސްޓެކޮގްލޫ، ބިސޫމާގެ އަމަލާ ގުޅޭގޮތުން ބުންޏެވެ.

"ހޯމަ ދުވަހުގެ މެޗު އޭނާ ނުކުޅޭނެ. އެއަށް ފަހު ވެސް ބިސޫމާ، އަހަރެންނާއި ޓީމުގެ އިތުބާރު ހޯދަން ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެ."

ނައިޓްރަސް އޮކްސައިޑް އަކީ ސިއްހީ ފަރުވާ ދިނުމުގައި ހޭނެއްތުމަށާއި އަދި ތަދު ފިލުވުން ފަދަ ކަންކަމަށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން ނަހަމަގޮތުގައި މަސްތުވުމަށް ބޭނުންކޮށް އުޅެ އެވެ. މި ގޭސް ގިނައިން ބޭނުންކުރުމަކީ ސިކުނޑި އާއި ނާރުތަކުގެ ޓިޝޫތަކަށް ގެއްލުން ލިބޭ ކަމެކެވެ.