އިންޑިއާގެ ހޮސްޕިޓަލެއްގައި އިންޓާން ޑޮކްޓަރެއް ރޭޕްކޮށް އަނިޔާވެރިކަމާ އެކު މަރާލި މައްސަލައިގައި ޑޮކްޓަރުން ފަށައިގެން އުޅޭ މުޒާހަރާގައި، ބޭސްފަރުވާއަށްދާ ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ އިންޑިއާގެ ކެރަލާގެ ޑޮކްޓަރުން ވެސް ބައިވެރިވެއްޖެ އެވެ.
އިންޑިއާގެ ހޮސްޕިޓަލެއްގައި އިންޓާން ޑޮކްޓަރެއް ރޭޕްކޮށް އަނިޔާވެރިކަމާ އެކު މަރާލި މައްސަލައިގައި ޑޮކްޓަރުން ފަށައިގެން އުޅޭ މުޒާހަރާގައި، ބޭސްފަރުވާއަށްދާ ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ އިންޑިއާގެ ކެރަލާގެ ޑޮކްޓަރުން ވެސް ބައިވެރިވެއްޖެ އެވެ.
އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) ގެ އިސްނެގުމަށް ފެށި ހަޅުތާލުގައި، ކެރަލާގެ ޑޮކްޓަރުން މިއަދު ހެނދުނު 6 އިން މާދަމާ ހެނދުނު 6 އަށް މަސައްކަތެއް ނުކުރާނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހަކީ އިންޑިއާގެ މިނިވަން ދުވަހަށް ވުމުން އެ ދުވަހު ހޮސްޕިޓަލްތައް ބަންދުވުމަށް ފަހު އިއްޔެ ހިދުމަތް ދިން ނަމަވެސް ޑޮކްޓަރުންގެ ހަޅުތާލާ ހެދި ކެރަލާގެ ބޮޑެތި ހުރިހާ ހޮސްޕިޓަލްތަކެއްގައި ވެސް ވަނީ ބައެއް ހިދުމަތްތައް ހުއްޓިފަ އެވެ.
ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލެއްގައި ހިންގި އަނިޔާވެރި އަމަލާ ގުޅިގެން އެންމެ ފުރަތަމަ މަސައްކަތް ހުއްޓާލީ ސަރުކާރު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ނަމަވެސް މިހާރު މުޅި އިންޑިއާއަށް ހަޅުތާލު ފުޅާވެ އަމިއްލަ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ވެސް ހަޅުތާލުގައި ބައިވެރިވާން ފެށީ އެވެ.
ދިވެހިން އެންމެ ގިނައިން ދާ އެއް ހޮސްޕިޓަލް ކަމަށްވާ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގައި ވެސް މިއަދު ގިނަ ޑޮކްޓަރުން ތިބީ ހަޅުތާލުގަ އެވެ. ހެނދުނު ޑިއުޓީ ފެށޭ ގަޑިއަށް ޑޮކްޓަރުން އައި ނަމަވެސް އެންމެން އެއްތަނަކަށް އެއްވެ ތިބީ މަސައްކަތް ހުއްޓާލައިގެންނެވެ. އިމަޖެންސީ ނޫން ހުރިހާ ހިދުމަތެއް ޑޮކްޓަރުން ހުއްޓާލައިގެން ތިބި ނަމަވެސް ލެބޯޓަރީ ފަދަ ތަންތަނުން ހިދުމަތް ލިބެ އެވެ.
ޑޮކްޓަރުން ނިންމާފައިވަނީ އަސާސީ އެއްވެސް ހިދުމަތެއް ހުއްޓާނުލާށެވެ. އަދި ކެޝުއަލިޓީ އާއި އިމަޖެންސީ ޑިޕާޓްމަންޓުތަކުގައި މުވައްޒަފުން މަސައްކަތްކުރާނެ އެވެ. އެހެންވެ އައުޓް ޕޭޝަންޓް ހިދުމަތްތަކާއި އިންޕޭޝަންޓް ބައެއް ހިދުމަތްތައް ނުލިބުމުގެ އިތުރުން އިމަޖެންސީ ނޫން ސާޖަރީތަކެއް ވެސް މިއަދު ނުހަދާނެ އެވެ.
ޑޮކްޓަރުގެ މަރާ ގުޅިގެން ސިއްހީ ހިދުމަތްތެރިންނާއި އެކްޓިވިސްޓުން މުޒާހަރާކުރަނީ. -- ފޮޓޯ: އޭއެފްޕީ
އައިއެމްއޭ އިން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޖަމިއްޔާގެ ރައީސް ޖޯސެފް ބެނަވަން އާއި ސެކްރެޓަރީ ކޭ. ސަސިސްދަރަން ވިދާޅުވީ ހަޅުތާލުކުރަނީ ވަރަށް ބޮޑު މައްސަލައެއް ސަމާލުކަމަށް ގެންނަން ކަމަށާއި އެހެންވެ ދިމާވެގެން އުޅޭ ކަންތަކާ މެދު ވިސްނައި، ސިއްހީ ހިދުމަތްތެރިންގެ ހަޅުތާލަށް އާންމުން ވެސް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.
"ކޮލްކަތާގައި މި ހިންގި އަނިޔާވެރި އަމަލުން ސިހުން ލިބުނީ ހަމައެކަނި ސިއްހީ ހިދުމަތްތެރިންނަކަށް ނޫން، މުޅި ގައުމަށް. މިކަމާ ގުޅިގެން ޑޮކްޓަރުން ހަޅުތާލުކުރަން ފެށުމުން މެޑިކަލް ކޮލެޖަށް އަދި ހާއްސަކޮށް، އެ އަނިޔާވެރި އަމަލު ހިންގި ތަނަށް ބަޔަކު ވަދެގަނެ ހަމަލާދީ ހަމަނުޖެހުން ހިންގުމަށް ފުރުސަތު ދިނުމާއި އިންޓާން ޑޮކްޓަރުން ހަޅުތާލުކުރަނިކޮށް އެ މީހުންނަށް ހަމަލާ ދިނުން ވެސް ހަމަ އެހާ އަނިޔާވެރި،" އައިއެމްއޭގެ އޮފިޝަލަކު ވިދާޅުވި އެވެ.
އާރްޖީ ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ހިންގި އަނިޔާވެރި އަމަލާ ގުޅިގެން، ކަމާބެހޭ ރަސްމީ އިދާރާތަކާއި ފުލުހުން އަމަލުކުރި ފަރުވާކުޑަ ގޮތުގެ ސަބަބުން ހާދިސާގެ ހެކި ގެއްލިފައިވުމުގެ ފުރުސަތު ބޮޑު ކަމަށް ޑޮކްޓަރުން ބުނެ އެވެ.
މިދިޔަ ހަފްތާއިން ފެށިގެން ސަރުކާރު ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ތިބީ އިމަޖެންސީ ނޫން ހުރިހާ ހިދުމަތެއް މުއްދަތެއް ނެތް ގޮތަށް ހުއްޓާލައިގެންނެވެ. އެ މީހުން އެދެމުން ދަނީ ރޭޕްކޮށް މަރާލި ޑޮކްޓަރަށް އިންސާފު އަވަސްކޮށްދިނުމާ އެކު ހޮސްޕިޓަލްތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމަށް ވަކި ގާނޫނެއް ހެދުމަށެވެ.
އުމުރުން 31 އަހަރުގެ ރެސިޑެންޓް ޑޮކްޓަރުގެ ހަށިގަނޑު ހޮސްޕިޓަލްގެ ސެމިނާ ރޫމެއްގެ ތެރެއިން މިދިޔަ ހަފްތާގެ ހުކުރު ދުވަހު ފެނުނު އިރު ބޮޑެތި ޒަހަމްތަކެއް ހުއްޓެވެ. އޭނާ މަރާލާފައިވަނީ ރޭޕްކުރުމަށް ފަހުގައި ކަމަށް، އޮޓޮޕްސީ ހެދުމުން ވަނީ ކަށަވަރުވެފަ އެވެ. ކޮށްފައިވާ އަނިޔާތަކަށް ބަލާއިރު އެއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގި އަމަލެއް ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ. ކުށުގެ ތުހުމަތަށް ހައްޔަރުކޮށްފައިވަނީ ހޮސްޕިޓަލްގެ ކިއޫތައް ބަލަހައްޓަން އުޅޭ ސިވިކް ޕޮލިސް ވޮލަންޓިއަރުންގެ މީހެކެވެ.
އިޒްރޭލު ޓޫރިސްޓަކާއި އިންޑިއާ އަންހެނަކު ރޭޕްކޮށްފި
އިންޑިއާގައި ޓޫރިސްޓަކު ރޭޕްކޮށް މަރާލުމުން ޖަލަށް
އިންޑިއާގައި ރޭޕްކޮށް މަރާލި ޑޮކްޓަރުގެ ގާތިލް ޖަލަށް
އިންޑިއާގައި އަނެއްކާވެސް ރޭޕްގެ ބޮޑު މައްސަލައެއް!
ޑޮކްޓަރު ރޭޕްކޮށް މަރާލުމުގެ ދައުވާއަށް އިންކާރުކޮށްފި
ވެސްޓް ބެންގަލްގައި ރޭޕަށް މަރުގެ އަދަބު ދެވޭ ގާނޫނެއް
ރޭޕާ ދެކޮޅު މުޒާހަރާ ހޫނުވެ 100 މީހަކު ހައްޔަރު
އިންޑިއާ ޑޮކްޓަރުންގެ ރައްކާތެރިކަން ބަލަން ޓާސްކްފޯހެއް
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ޑޮކްޓަރުގެ މަރަކީ ގޭންގު ރޭޕެއް ކަމަށް ތުހުމަތުކޮށްފި