އިންޑިއާގެ ކޮލްކަތާގެ ހޮސްޕިޓަލެއްގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލާގައި އިންސާފަށް އެދި ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގައި މިއަދު ހަމަނުޖެހުން ބޮޑުވެ 100 މީހަކު ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ކޮލްކަތާގެ ހޮސްޕިޓަލެއްގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލާގައި އިންސާފަށް އެދި ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާތަކުގައި މިއަދު ހަމަނުޖެހުން ބޮޑުވެ 100 މީހަކު ހައްޔަރުކޮށްފި އެވެ.
ކޮލްކަތާގެ ސަރުކާރުގެ ހޮސްޕިޓަލެއްގެ ތެރޭގައި، މި މަހު ކުރީކޮޅު، އުމުރުން 31 އަހަރުގެ ޑޮކްޓަރު ރޭޕްކޮށް މަރާލި މައްސަލައަށް ފަހު މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައި އެތައް ހާސް ބަޔަކު ގެންދަނީ ސިލްސިލާކޮށް މުޒާހަރާކުރަމުންނެވެ.
މިއަދު މުޒާހަރާގައި ވެސް އެތައް ހާސް ބަޔަކު ބައިވެރިވި އިރު ކޮލްކަތާ ނިސްބަތްވާ ވެސްޓް ބެންޖަލްގެ ޗީފް މިނިސްޓަރު މަމަތާ ބެނާރްޖީގެ އިސްތިއުފާއަށް ދިޔައީ ގޮވާލަމުންނެވެ. އަދި ވަކި ހިސާބަކުން، ސަރުކާރުގެ އިމާރާތަކާ ދިމާލަށް މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހުމާ އެކު ފުލުހުން ހުރަސް އަޅައި މުގުރުން ހަމަލާދޭން ފެށި އެވެ.
މުޒަހާރާގެ ބައިވެރިން ހުއްޓުވަން އުޅުމުގެ ތެރޭގައި ކުރިމަތިލުން ހިނގައި ބައެއް މީހުންނަށް އަނިޔާވި އެވެ.
އިންޑިއާގެ ކޮލްކަތާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި މައްސަލައިގައި މިއަދު ކުރި މުޒާހަރާގައި، ވެރިކަންކުރާ ބީޖޭޕީގެ އެކްޓިވިސްޓުން ބައިވެރިވަނީ: މުޒާހަރާ ހޫނުވެ ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހަމަނުޖެހުން އުފެއްދި މައްސަލައިގައި ވަނީ މަދުވެގެން 100 މީހަކު މުޒާހަރާއިން ހައްޔަރުކޮށްފަ އެވެ.
އިންޑިއާގައި ވެރިކަންކުރަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޖާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން ނަމަވެސް ވެސްޓް ބެންގަލްގެ ވެރިކަން އޮތީ އިދިކޮޅު ޕާޓީއެއް ކަމަށްވާ އޯލް އިންޑިއާ ޓްރިނަމޫލް ކޮންގްރެސް އަށެވެ. ރޭޕްގެ މައްސަލައިގައި ކުރާ މުޒާހަރާތަކުގައި ބީޖޭޕީ ވެސް ބައިވެރިވެ ސިޔާސީ ރުޅިވެރިކަމާ ގުޅުވައި ޗީފް މިނިސްޓަރާ ދެކޮޅަށް އަޑު އުފުލަ އެވެ. އެ މީހުން ބުނަނީ އެ ސަރަހައްދުގައި އަންހެނުންނަށް ރައްކާތެރިކަން ނެތީ ޗީފް މިނިސްޓަރުގެ ދޯދިޔާ ހިންގުމުގެ ނިޒާމުގެ ސަބަބުންނެވެ.
ޑޮކްޓަރު ރޭޕްކޮށް މަރާލީ 36 ގަޑިއިރުގެ ދިގު ޑިއުޓީއެއްގައި އަރާމުކޮށްލަން ކޮންފަރެންސް ހޯލަށް ވަދެ އޮއްވައި ކަމަށް ވަނީ ބެލެވިފަ އެވެ. އެ މައްސަލައިގައި އެކަކު ހައްޔަރުކޮށްފައި ވިޔަސް ތަހުގީގާ ގުޅޭ މާ ގިނަ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. -- އޭއެފްޕީ
އިޒްރޭލު ޓޫރިސްޓަކާއި އިންޑިއާ އަންހެނަކު ރޭޕްކޮށްފި
އިންޑިއާގައި ޓޫރިސްޓަކު ރޭޕްކޮށް މަރާލުމުން ޖަލަށް
އިންޑިއާގައި ރޭޕްކޮށް މަރާލި ޑޮކްޓަރުގެ ގާތިލް ޖަލަށް
އިންޑިއާގައި އަނެއްކާވެސް ރޭޕްގެ ބޮޑު މައްސަލައެއް!
ޑޮކްޓަރު ރޭޕްކޮށް މަރާލުމުގެ ދައުވާއަށް އިންކާރުކޮށްފި
ވެސްޓް ބެންގަލްގައި ރޭޕަށް މަރުގެ އަދަބު ދެވޭ ގާނޫނެއް
އިންޑިއާ ޑޮކްޓަރުންގެ ރައްކާތެރިކަން ބަލަން ޓާސްކްފޯހެއް
ދިވެހިން ގިނަ ކެރަލާގެ ޑޮކްޓަރުން ވެސް ހަޅުތާލުގައި
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ޑޮކްޓަރުގެ މަރަކީ ގޭންގު ރޭޕެއް ކަމަށް ތުހުމަތުކޮށްފި