Roadha Mihaaru
ވެސްޓް ބެންގަލްގައި ރޭޕަށް މަރުގެ އަދަބު ދެވޭ ގާނޫނެއް

އިންޑިއާގައި ޑޮކްޓަރަކު ރޭޕްކޮށް މަރާލި ސްޓޭޓްގައި ރޭޕްގެ ކުށަށް މަރުގެ އަދަބު ދޭން ގާނޫނެއް

04 ސެޕްޓެމްބަރ 2024

އިންޑިއާގައި ހޮސްޕިޓަލެއްގެ ތެރޭ ޑޮކްޓަރަކު ރޭޕްކޮށް މަރާލި ވެސްޓް ބެންގަލްގައި ރޭޕްގެ ކުށަށް މަރުގެ އަދަބު ދެވޭނެ މަގު ފަހިވާ ގޮތަށް އިއްޔެ ގާނޫނެއް ފާސްކޮށްފި އެވެ.

އިންޑިއާގައި ހޮސްޕިޓަލެއްގެ ތެރޭ ޑޮކްޓަރަކު ރޭޕްކޮށް މަރާލި ވެސްޓް ބެންގަލްގައި ރޭޕްގެ ކުށަށް މަރުގެ އަދަބު ދެވޭނެ މަގު ފަހިވާ ގޮތަށް އިއްޔެ ގާނޫނެއް ފާސްކޮށްފި އެވެ.

އެ ސްޓޭޓްގެ ވެރިކަންކުރާ ކޮލްކަތާގައި، އުމުރުން 31 އަހަރުގެ އަންހެން ޑޮކްޓަރު ރޭޕްކޮށް މަރާލީ މިދިޔަ މަހުގެ 9 ގަ އެވެ. އޭގެ ފަހުން، އިންސާފަށް އެދި ބޮޑެތި މުޒާހަރާތައް ބާއްވައި އަންހެނުންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށް އަންނަނީ ގޮވާލަމުންނެވެ.

ސްޓޭޓް އެސެމްބްލީން ފާސްކުރި މި ގާނޫނަށް ބާރު ލިބޭނީ ރައީސްގެ ރުހުން އެޔަށް ލިބިގެންނެވެ. އަދި މި ގާނޫނުގައި ރޭޕްގެ ކުށަށް މަރުގެ އަދަބު ދެވޭ ގޮތަށް އޮތް ނަމަވެސް އިންޑިއާގައި ޖިނާއީ ކުށްތަކަށް މުޅި ގައުމުގައި އަދަބު ކަނޑައެޅުން އޮންނަނީ އެއް ހަމަޔަކުން ކަމަށް ވާތީ މިއީ ހަމައެކަނި ރަމްޒީ ގާނޫނެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.

އެކަމަކު މިއީ ސްޓޭޓަށް ހާއްސަ ގާނޫނެއްގެ ގޮތުގައި ހުއްދަ ދެއްވުމުގެ ބާރު ރައީސަށް ލިބިގެންވެ އެވެ.

ގާނޫނުގައި މިހާރު އޮންނަނީ ރޭޕްގެ ކުށަށް މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެއް ކަމަށް ވިޔަސް އަލަށް ފާސްކުރި ގާނޫނުގައި އުމުރަށް ޖަލަށްލުން ނުވަތަ މެރުން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ޑޮކްޓަރުގެ މަރާ ގުޅިގެން ވެސްޓް ބެންގަލް އާއި އެހެން ބައެއް ސްޓޭޓްތަކުގައި ވެސް ވަނީ މުޒާހަރާކޮށް އިންސާފަށް އެދި އަޑު އުފުލައިފަ އެވެ.

އިންޑިއާގައި އިސްތިއުނާފްގެ މަރުހަލާތައް ދިގުދެމިގެން ދާތީ، މަރުގެ އަދަބު ދިނުން ގިނަ ފަހަރަށް ހުއްޓިފައި އޮންނަނީ އެވެ. މަރުގެ ހުކުމް އާންމު ގޮތެއްގައި ތަންފީޒު ކުރަނީ ދަންޖައްސައިގެންނެވެ. -- އޭއެފްޕީ