އިންޑިއާގައި، އުމުރުން 31 އަހަރުގެ ޑޮކްޓަރަކު ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ދައުވާއަށް އިންކާރުކޮށްފި އެވެ.
އިންޑިއާގައި، އުމުރުން 31 އަހަރުގެ ޑޮކްޓަރަކު ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ދައުވާއަށް އިންކާރުކޮށްފި އެވެ.
އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު، އިރުމަތީގެ ސިޓީއެއް ކަމަށްވާ ކަލްކަތާގެ ސަރުކާރުގެ ހޮސްޕިޓަލެއްގެ ތެރެއިން ޑޮކްޓަރުގެ ހަށިގަނޑު ފެނުމާ އެކު މުޅި ގައުމުގައި ވަނީ ނުރުހުން ފާޅުކޮށް މުޒާހަރާތައް ކޮށްފަ އެވެ. އަދި އަންހެނުންނަށް ކުރާ އަނިޔާތަކުގެ މައްސަލައިގެ އަޑު އަލުން ގަދަވި އެވެ.
ރަހުމު ކުޑަ އަމަލުގެ މައްސަލާގައި ތުހުމަތުކުރެވޭ ހަމައެކަނި މީހާ ކަމަށްވާ ސަންޖޯއި ރޯއީ، 33، ހުކުރު ދުވަހު ކޮލްކަތާގެ ކޯޓަކަށް ހާޒިރުކޮށްގެން ބޭއްވި ސިއްރު މަޖިލީހުގައި އޭނާ ވަނީ ދައުވާއަށް އިންކާރުކުރާ ކަމަށް ބުނެފައި ކަމަށް އޭނާގެ ވަކީލް ވިދާޅުވި އެވެ.
"އިއްޒަތްތެރި ފަނޑިޔާރު، ކުށެއް ކުރި ކަމަށް އަޅުގަނޑު އިންކާރު ކުރަން. އަޅުގަނޑު މި ހުރީ ފްރޭމްކޮށްފައި،" ރޯއީ ބުނި ކަމަށް އޭނާގެ ވަކީލް ސައުރަވް ބަނޑޮޕަޔޭ އޭއެފްޕީއަށް ވިދާޅުވި އެވެ.
ހޮސްޕިޓަލުގެ ސިވިކް ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރި ރޯއީ ހައްޔަރުކުރީ ޑޮކްޓަރު މަރާލާފައި އޮއްވައި ފެނުނުތާ އެއް ދުވަސް ފަހުންނެވެ. އޭގެ ފަހުން އަދިވެސް އޭނާ ހުންނަނީ ބަންދުގަ އެވެ. ކުށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް މަރުގެ ހުކުމް އަންނާނެ އެވެ.
ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެ ކޯޓުގެ އަޑުއެހުންތައް ފަށައި ގާތްގަނޑަކަށް 50 ހެކިންގެ ހެކިބަސް ނަގާފައި ވިޔަސް ރޯއީ ކޯޓަށް ހާޒިރުކޮށް ސުވާލުކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
ވަކީލް ވިދާޅުވީ ފަނޑިޔާރު އަނިރްބާން ދާސް 100 އަށް ވުރެ ގިނަ ސުވާލު ކުރެއްވި ކަމަށާއި ހަ ގަޑިއިރަށް ޝަރީއަތުގެ މަޖިލިސް ދިގު ދެމިގެން ދިޔަ ކަމަށެވެ. ދެން އަޑުއެހުމެއް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހު އެވެ.
މިދިޔަ ނޮވެމްބަރު މަހު ކޯޓަށް ހާޒިރުކުރި ދުވަހަކު ވެސް ރޯއީ ވަނީ ޖަލުގެ ވެހިކަލެއްގެ ތެރޭގައި އިނދެ އެތަނުގައި ތިބި މީހުންނަށް އިވޭ ވަރަށް، އޭނާ އަކީ ކުށެއް ނެތް މީހެއް ކަމަށް ގޮވައިފަ އެވެ.
ޑޮކްޓަރުގެ މަރާ ގުޅިގެން ސިއްހީ ހިދުމަތްތެރިން މަސައްކަތް ހުއްޓާލައި މުޅި އިންޑިއާގައި މުޒާހަރާތައް ކުރި އެވެ.
އިޒްރޭލު ޓޫރިސްޓަކާއި އިންޑިއާ އަންހެނަކު ރޭޕްކޮށްފި
އިންޑިއާގައި ޓޫރިސްޓަކު ރޭޕްކޮށް މަރާލުމުން ޖަލަށް
އިންޑިއާގައި ރޭޕްކޮށް މަރާލި ޑޮކްޓަރުގެ ގާތިލް ޖަލަށް
އިންޑިއާގައި އަނެއްކާވެސް ރޭޕްގެ ބޮޑު މައްސަލައެއް!
ވެސްޓް ބެންގަލްގައި ރޭޕަށް މަރުގެ އަދަބު ދެވޭ ގާނޫނެއް
ރޭޕާ ދެކޮޅު މުޒާހަރާ ހޫނުވެ 100 މީހަކު ހައްޔަރު
އިންޑިއާ ޑޮކްޓަރުންގެ ރައްކާތެރިކަން ބަލަން ޓާސްކްފޯހެއް
ދިވެހިން ގިނަ ކެރަލާގެ ޑޮކްޓަރުން ވެސް ހަޅުތާލުގައި
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ޑޮކްޓަރުގެ މަރަކީ ގޭންގު ރޭޕެއް ކަމަށް ތުހުމަތުކޮށްފި