އިންޑިއާގެ ސިއްހީ ހިދުމަތްތެރިންނަށް ރައްކާތެރިކަން އޮތް މިންވަރެއް ބަލަން ހާއްސަ ޓާސްކްފޯހެއް އުފެއްދުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އިންޑިއާގެ ސިއްހީ ހިދުމަތްތެރިންނަށް ރައްކާތެރިކަން އޮތް މިންވަރެއް ބަލަން ހާއްސަ ޓާސްކްފޯހެއް އުފެއްދުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މި އަމުރު ނެރުނީ އިންޑިއާގެ ކޮލްކަތާގެ ހޮސްޕިޓަލެއްގައި އުމުރުން 31 އަހަރުގެ އަންހެން އިންޓާން ޑޮކްޓަރެއް ރޭޕްކޮށް މަރާލި މައްސަލައިގައި އުފެދިފައިވާ ކަންބޮޑުވުންތަކާ އެކު އިންސާފު ހޯދުމަށާއި ރައްކާތެރިކަން ހޯދައިދިނުމަށް އެދި ޑޮކްޓަރުން ދަނީ ހަޅުތާލުކުރަމުންނެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ތިން ފަނޑިޔާރުން ނެރުއްވި އަމުރުގައި ބުނެފައިވަނީ ޑޮކްޓަރު ރޭޕްކޮށް މަރާލި މައްސަލައިގެ އަނިޔާވެރިކަމުގެ ސަބަބުން މުޅި ގައުމަށް ލިބިފައިވަނީ ސިހުމެއް ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ޑީވައި ޗަންދުޗޫދު އިއްވެވި އަމުރުގައި ވަނީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމަށް ޕްލޭނެއް އެކުލަވާލުމަށާއި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ކަންކަން ތަންފީޒުކުރުމަށް އިސް ޑޮކްޓަރުންގެ "ނެޝަނަލް ޓާސްކް ފޯސް" އެއް އެކުލަވާލުމަށެވެ.
"ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ކުރާ އަނިޔާ އާއި ޖިންސީ އަނިޔާއާ ދެކޮޅަށް ސިއްހީ ހިދުމަތްދޭ ތަންތަނުގައި އިންސްޓިޓިއުޝަނަލް ސޭފްޓީ މިންގަނޑުތައް ނެތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް،" ކޯޓު އަމުރުގައިވެ އެވެ.
"އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްކާތެރިކަމުގެ ނިޒާމުތައް މަދުވުން ނުވަތަ ނެތުމުން، މެޑިކަލް ޕްރޮފެޝަނަލުން ވަނީ ނުރައްކަލަށް ހުށަހެޅިފައި."
"މެޑިކަލް ކެއާ ޔުނިޓްތަކުގައި ސެކިއުރިޓީ މުވައްޒަފުން ނެތުމަކީ އާދައިގެ ކަމަކަށް ވަނީ ވެފައި،" އަމުރުގައިވެ އެވެ.
ޑޮކްޓަރު މަރާލާފައި އޮއްވައި ފެނުނީ ޓީޗިން ހޮސްޕިޓަލުގެ ސެމިނާ ހޯލުން ކަމަށް ވާއިރު އޭނާ އެތަނަށް ދިޔައީ 36 ގަޑިއިރުގެ ދިގު ޝިފްޓެއްގައި އަރާމުކޮށްލަން ކަމަށް ވަނީ ބެލެވިފަ އެވެ. ޑޮކްޓަރުގެ އޮޓޮޕްސީން ވަނީ އޭނާ ރޭޕްކޮށްފައިވާކަން ކަށަވަރުވެފަ އެވެ. އާއިލާއިން ތުހުމަތުކުރަނީ އެއީ ގޭންގު ރޭޕެއް ކަމަށެވެ. -- އޭއެފްޕީ
އިޒްރޭލު ޓޫރިސްޓަކާއި އިންޑިއާ އަންހެނަކު ރޭޕްކޮށްފި
އިންޑިއާގައި ޓޫރިސްޓަކު ރޭޕްކޮށް މަރާލުމުން ޖަލަށް
އިންޑިއާގައި ރޭޕްކޮށް މަރާލި ޑޮކްޓަރުގެ ގާތިލް ޖަލަށް
އިންޑިއާގައި އަނެއްކާވެސް ރޭޕްގެ ބޮޑު މައްސަލައެއް!
ޑޮކްޓަރު ރޭޕްކޮށް މަރާލުމުގެ ދައުވާއަށް އިންކާރުކޮށްފި
ވެސްޓް ބެންގަލްގައި ރޭޕަށް މަރުގެ އަދަބު ދެވޭ ގާނޫނެއް
ރޭޕާ ދެކޮޅު މުޒާހަރާ ހޫނުވެ 100 މީހަކު ހައްޔަރު
ދިވެހިން ގިނަ ކެރަލާގެ ޑޮކްޓަރުން ވެސް ހަޅުތާލުގައި
ރޭޕް ކޭސްއާ ގުޅިގެން ތަރިން އިންސާފަށް ގޮވާލަނީ
ޑޮކްޓަރުގެ މަރަކީ ގޭންގު ރޭޕެއް ކަމަށް ތުހުމަތުކޮށްފި