Roadha Mihaaru
ދަރިވަރުންނަށް ތަމްރީން ހޯދައިދޭން ކްލީކްގައި އިންޓާނެއް

ދަރިވަރުންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދޭން ކްލިކް ކޮލެޖުގައި އިންޓާނެއް އުފައްދައިފި

01 މާޗް 2017

ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ އާއި ތަމްރީން ހޯދައިދޭން ކްލިކް ކޮލެޖުގައި ސްޓޫޑެންޓް އިންޓާނެއް އުފައްދައި، އެކަމުގައި އެއްބާރުލުން ދޭނެ ކުންފުނިތަކާ އެކު އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ އާއި ތަމްރީން ހޯދައިދޭން ކްލިކް ކޮލެޖުގައި ސްޓޫޑެންޓް އިންޓާނެއް އުފައްދައި، އެކަމުގައި އެއްބާރުލުން ދޭނެ ކުންފުނިތަކާ އެކު އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކިޔަވަމުން ވަޒީފާގެ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި އުފެއްދި އިންޓާނަށް ހޮވުނު ދަރިވަރުންނާއި މުވައްޒަފުންނަށް ވަނީ، އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

އެއީ ސްޓޫޑެންޓް އިންޓާނެއް ނަމަވެސް، ދަރިވަރުންނަށް އެހީތެރިވެދިނުމުގެ ގޮތުން ކްލިކް ކޮލެޖުގެ މުވައްޒަފުން ވެސް އެ އިންޓާނުގައި މަސައްކަތްކުރާނެ އެވެ.

މުޅި އަހަރަށް ބަހާލައިގެން ހިންގާ އިންޓާންގެ މި ހަރަކާތުގައި ކްލިކް ކޮލެޖަށް އެހީތެރިވެދޭނެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ސޮނީ ސްޕޯޓްސް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)، ރީފް ސައިޑު، ކޯދި، ތިލަފުށީ ކޯޕަރޭޝަން، މޮންސްޓާ އެނާޖީ ޑްރިންކް، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ އަދި "މިހާރު" އެވެ.

ކްލިކް ކޮލެޖު އިންޓާން ޕްރޮގްރާމްގެ މީޑިއާ ޕާޓްނަރަކަށް "މިހާރު" ހަމަޖެއްސިކަމުގެ އެއްބަސްވުމުގައި، މިހާރުގެ މާކެޓިން މެނޭޖަރު ޝަމްއޫން (ވ) އަދި ކްލިކްގެ އޮފިޝަލަކު ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ކްލީކް ކޮލެޖް

އެ ކޮލެޖުގެ މާކެޓިން އެގްޒެކެޓިވް އިބްރާހިމް ސަމީރު ވިދާޅުވީ ކްލިކް ކޮލެޖުގައި މީގެ ކުރިން ހަރަކާތްތައް ހިންގީ ސްޓޫޑެންޓް އެސޯސިއޭޝަންގެ ނަމުގައި ކަމަށާއި ނަމަވެސް ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އިންޓާނަކަށް ބަދަލުކުރީ ކަމަށެވެ. އެއާއެކު އިންޓާންގައި އެކި ޑިޕާޓްމަންޓުތައް އުފައްދައި، އެ ދަރިވަރަކު ކިޔަވާ ދާއިރާތައަކުން މަސައްކަތްކޮށް ތަޖުރިބާ ހޯދުމަށް ފަސޭހަވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކޮންމެ ޑިޕާޓްމަންޓަކަށް ވެސް މެނޭޖާ ލެވެލް އިން ފެށިގެން އެގްޒެކެޓިވް އަދި އޭގެ ދަށުން އިންޓާންގައި ވޯކުކުރާ ކުދިން އޯގަނައިޒްކޮށްލާފައިވާނީ. އަޅުގަނޑުމެން މި ހިންގާ ހަރަކާތްތައް ފުރިހަމަކުރުމުގެ ގޮތުން ވާނީ އެކި ދާއިރާތަކުން ސްޕޮންސާ ހޯދުމަށް މަސައްކަތް ކޮށްފައި،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ކްލިކުން ކުރިއަށްގެންދާ އެކި ހަރަކާތްތަކުގައި ސްޕޮންސަރުން ބައިވެރިކުުރުވާނެކަމަށާއި ހިންގާ އެކި ޓްރެއިނިންތަކަށް ވެސް ސްޕޮންސަރުންނަށް ފުރުސަތު ދޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ދަރިވަރުންނަށް ތަފާތު ތަޖުރިބާތައް ލިބި، ކިޔެވުން ނިމޭއިރު ވަޒީފާގެ މާހައުލަށް ތައްޔާރު ވެވޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ.

ކްލީކް ކޮލެޖުގެ އިންޓާނަށް ހޮވުނު ބައެއް ދަރިވަރުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކްލީކް ކޮލެޖުގެ އިންޓާނަށް ހޮވުނު ބައެއް ދަރިވަރުން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މީގެ އިތުރުން އެ ކުންފުނިތަކުން ހިންގާ ހަރަކާތްތަކުގައި އިންޓާންގެ ދަރިވަރުންގެ އެހީތެރިކަން ވެސް ލިބިގެންދާނެކަން ސަމީރު ފާހަގަކުރެއްވި އެވެ.

ދެހާސް ވަނަ އަހަރު ކްލީކް ޓްރެއިނިން ސެންޓަރުގެ ނަމުގައި އުފެއްދި މަރުކަޒު ކޮލެޖަކަށް ބަދަލުކުރީ 2009 ވަނަ އަހަރެވެ. އޭގެ ފަހުން ކްލިކުން އަންނަނީ އިނގިރޭސިިވިލާތުގެ މަތީ ތައުލީމުގެ އެކި ޕްރޮގްރާމްތައް ކާމިޔާބުކަމާ އެކު ރާއްޖޭގައި ހިންގަމުންނެވެ.