Roadha Mihaaru
ކްލިކް ކޮލެޖުން އާ 13 ޕްރޮގްރާމެއް ތައާރަފްކޮށްފި

ކްލިކް ކޮލެޖުން އާ 13 ޕްރޮގްރާމެއް ތައާރަފްކޮށްފި

13 ސެޕްޓެމްބަރ 2017

ކްލިކް ކޮލެޖުން އާ 13 ޕްރޮގްރާމެއް މިއަދު ތައާރަފްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކްލިކް ކޮލެޖުން އާ 13 ޕްރޮގްރާމެއް މިއަދު ތައާރަފްކޮށްފި އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޯސްތައް ތައާރަފްކޮށްދެއްވީ ކްލިކް ކޮލެޖުގެ ވައިސް ޕްރެޒިޑެންޓް ހަސަން އަބްދުﷲ ސައީދެވެ.

އޭނާ ވިދާޅުވީ ޕްރޮގްރާމުތަކުގެ ކޯސް ކޮންޓެންޓާއި ކިޔަވައިދޭ ބައިތައް ކަނޑައެޅުމުގައި އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުގެ ކަރިކިއުލަމްތައް ދިރާސާކުރި ކަމަށެވެ.

އަލަށް ތައާރަފުކުރަނީ ފައުންޑޭޝަން ލެވެލް އިން ފެށިގެން ޑިގްރީ ފެންވަރުގެ ކޯސްތަކެވެ. ފައުންޑޭޝަންގެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ އެޑިއުކޭޝަން މެނޭޖްމަންޓާއި ބިޒްނަސް މެނޭޖްމަންޓާއި ސޯސަލް ސާވިސް އާއި ޓްރެވެލް އެންޑް ޓޫރިޒަމް ފަދަ ކޯސްތަކެވެ. އެޑްވާންސް ޑިޕްލޮމާގެ ކޯސްތަކުގައި ހިމެނެނީ އެސީސީއޭ ޕްރޮގްރާމުގެ ސްކިލްސް އެވެ.

ޑިގްރީ ލެވެލް އިން ފަށަނީ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ގްރެފިކްސް އެންޑް މަލްޓިމީޑިއާ އަދި މޯބައިލް އެޕްލިކޭޝަން ޑިވެލޮޕްމަންޓެވެ.

ހާއްސަ ޕްރޮގްރާމެއްގެ ގޮތުގައި ޔުނިވާސިޓީ އަށް ތައްޔާރުވުމުގެ ޕްރޮގްރާމު ތައާރަފްކޮށްފައިވާ ކަމަށް ވެސް ކްލިކް ކޮލެޖުން ބުންޏެވެ.

ކްލިކް ކޮލެޖުގެ އާ ކޯސްތައް ތައާރަފުކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކްލިކް ކޮލެޖުގެ އާ ކޯސްތައް ތައާރަފުކުރަން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު 24 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ހަސަން ވިދާޅުވީ ކޯސްތައް ފަރުމާކުރުމުގައި ރާއްޖޭގެ މާހައުލާ ގުޅޭ ގޮތަށް ބައްޓަންކުރަން ސަމާލުކަން ދީފައިވާނެ ކަމަށެވެ. އަދި ތައުލީމީ ދާއިރާ ކުރިއަރައި ރާއްޖެ ތަރައްގީވަމުން އަންނައިރު އެއީ ވަރަށް ބޭނުންތެރި ކޯސްތަކެއް ކަން އޭނާ ފާހަގަކުރެއްވި އެެވެ.

ދަރިވަރުންނަށް މަތީ ތައުލީމަށް ކުރަން ޖެހޭ ހޭދަ ވީހާ ވެސް ލުއިކޮށްދިނުމަށްޓަކައި ފެމިލީ ޑިސްކައުންޓް ސްކީމާއި ކޯޕަރޭޓް ޑިސްކައުންޓް ސްކީމެއް މި އަހަރު ތައާރަފްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކިޔަވަން މަހުން މަހަށް ކުރަން ޖެހޭ ހޭދަ ކުރިއަށް ވުރެ ލުއިކޮށްދިނުމަށް، ހުރިހާ ޕްރޮގްރާމެއްގެ ފީ ދެއްކުމުގެ އޮނިގަނޑަށް ހެޔޮ ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.